މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީއަށް
![](https://dhen.mv/wp-content/uploads/2020/08/mausoom-1-850x548.jpg)
އާ ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް އަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވި ސީޓީފުޅުގައި ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މައުސޫމް އަށް މަޖިލީހުން ރުހުން ދިނުމާ ބެހޭ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެހެންވެ މަޖިިލީހުގެ ރިޔާސަތުން ވަނީ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވާފައެވެ.
މަޢުޞޫމް ވަނީ 2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމާއި، 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމުތައް ފުރުއްވާފައެވެ.
![](https://dhen.mv/wp-content/uploads/2024/12/IMG_6998.png)