ޚަބަރު އިޖުތިމާޢީ

ޝެއިޚް ނިޝާންގެ ސުވާލެއް: އޭޖީއަކަށް މި ހުރީ ފަހެ ޝައިޠާނެއް ހެއްޔެވެ؟

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝެއިޚް އާދަމް ނިޝާން--

ދެމީހަކު ރުހޭނަމަ އެކަކު އަނެކާއަށް ބަރަހަނާ މަންޒަރު ފޮނުވުމުގައި މައްސަލައެއް ނެތްކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވުމުން ޝެއިޚް އާަދަމް ނިޝާން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.

Ads by Sosun Fihaara

''ސެކްސްޓިންއަކީ ކޮބާ؟'' މި ނަމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ޢާންމުކުރެއްވި ވީޑިއޯއެއްގައި ވަނީ ދެމީހަކު ރުހިގެން އެކަކު އަނެކަކަށް ބަރަހަނާ ފޮޓޯއާއި ވީޑިއޯއާއި ޖިންސީ ނިޔަތެއް ހާމަކޮށް ލިޔާ މެސެޖު ފޮނުވުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ބައެއް ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާއިރު ޝެއިޚް ނިޝާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ފިޔަވައި އެހެން މީހެއްގެ ކުރިމަތީގައި ބަރަހަނާވެ އޮރިޔާންވުމަކީ އެއްވެސް އޮޅުމެއް ނެތި ސާފުކޮށް އެނގެން އޮތް ބޮޑު ޙަރާމް ކަމެއް ކަމަށެވެ. އަދި މިފަދަ ކަމެއް "ދެފަރާތުގެ ރުހުމާއި އެކީ ކުރުމަކީ" ކުށެއް ނޫނޭ ހުއްދަ ކަމެކޭ ބުނާ ކޮންމެ މީހަކު އެވަނީ މުރުތައްދުވެ ކާފަރުވެފައި ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.

އެއީ އޭޖީ ކަމަށް ވީނަމަވެސްއެވެ. އެފަދަ ކޮންމެ މީހަކު ޖެހޭނީ ތައުބާވެ އަލުން އިސްލާމްވާށެވެ.

އަދި މިއީ ތިމާމެން އަތުން ހަދާފައި މި ތަނުގައި އޮތް ޤާނޫނުގައި ވެސް ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކަމަށާއި އިންސާނާ މިގޮތަށް ބަރަހަނާ ވުމަކީ ހުއްދަ ކަމެއް ކަމަށް ދެކޭ ނުވަތަ ބުނާ ކޮންމެ މީހަކީ ޝައިޠާނެއް ކަމަށް ވިދާޅުވެ އޭޖީއަކަށް މި ހުރީ ފަހެ ޝައިޠާނެއްތޯ ވެސް ނިޝާން ސުވާލުކުރެއްވިއެވެ.

Ads by HDC
  1. ތާލިބާން

    ގައުމެއްގެ ދީނީ އެއްބައިވަންތަކަށް ނަގާލާ ފިތުނަވެރިކަމާއި ފަސާދަ އުފެއްދުމާއި އިސްލާމް ދީނާ ބީރައްޓެހި ހަރުކަށި ފިކުރުތައް ގާއިމު ކުރުމަަސައްކަތްކުރާ މީހަކަަށްވުރެ ބޮޑު ޝައިތާނަކީ ކާކު؟