ޚަބަރު

މެސީގެ ވޯލްޑްކަޕް ހުވަފެނުގައި ކުލަޖެހުނަ ނުދޭން ކްރޮއޭޝިއާ ތައްޔާރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޤަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި ކްރޮއޭޝިއާއިން ވަނީ ބްރެޒިލުން، ދުނިޔޭގެ ތަށި ނަގަން ކުރަމުން އައި އުއްމީދުތައް ފެނަށް ދުއްވައިލައިފައެވެ.

Ads by MWSC

މިރޭ، ސެމީ ފައިނަލުގައި އެ ޓީމު ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. އެ ޓީމުގެ އުއްމީދަކަށް ވާނީ ނޭމާއަށްފަހުގައި، ލިއޮނެލް މެސީ، ވޯލްޑްކަޕަށް ކުރާ އުއްމީދުތައް ފެނަށް ދުއްވައިލުމެވެ.

ކްރޮއޭޝިއާއިން ބުނީ، އާޖެންޓީނާއާ ދެކޮޅަށް ކުޅޭއިރު، ޓީމުން މަަސައްކަތް ކުރާނީ ފުޓްބޯޅަ ރަސްގެފާނު، މެސީ ހުއްޓުވަން އެކަނި ނޫން ކަމަށާއި، ފޯކަސް ހުރީ މުޅި ޓީމަށް ކަމަށެވެ. ކްރޮއޭޝިއާގެ ފޯވާޑް ބްރޫނޯ ޕެޓްކޮވިޗް އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މެސީ ހުއްޓުވަން އަދި ވަކި ޕްލޭނެއް ނެތް ކަމަށާއި އާންމުގޮތެއްގައި އެންމެ ކުޅުންތެރިއަކު ފިޔަވައި މުޅި ޓީމު ހުއްޓުވަން ސަމާލުކަން ނުދޭ ކަމަށެވެ.

"އަހަރެމެން މަސައްކަތް ކުރާނީ ޓީމެއްގެ ގޮތުގައި އެ މީހުން ހުއްޓުވަން، މެން މާކިން ކޮށްގެން ނޫން. އާޖެންޓީނާއަކީ ހަމައެކަނި މެސީއެއް ނޫން، އެޓީމުގައި މޮޅު ގިނަ ކުޅުންތެރިންތަކެއް އެބަތިއް މުޅިއާޖެންޓީނާ ޓީމު ހުއްޓުވަން ޖެހޭ،" އޭނާ ބުންޏެވެ.

ފްރާންސް އަތުން 2018 ވަނަ އަހަރު ކުޅުނު ޝޯކޭސް މެޗުން ބަލިވެ ކްރޮއޭޝިއާ އިން ޖެހިޖެހިގެން ދެ ވަނަ ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދަން މަސައްކަތް ކުރަމުން އަންނައިރު، އެއްވެސް ކުޅުންތެރިއަކު ސަސްޕެންޑް ކޮށްފައި ނުވާތީ އަދި އަނިޔާގެ އެއްވެސް ކަންބޮޑުވުމެއް ނެތުމުން ކްރޮއޭޝިއާގެ ޓީމު އޮތީ ވަރަށް އިތުބާރާއެކުގައެވެ.

ކްރޮއޭޝިއާ އަދި އާޖެންޓީނާ ބައްދަލު ކުރާ މެޗު އޮތީ، މިރޭ 12:00ގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!