264 ފުޅި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި

264 ފުޅި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ސިޓީގައި ރޭ ހިންގި އޮޕަރޭޝަނެއްގައި
264 ފުޅި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރީ 32 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
ބަނގުރާ ފުޅިތައް ފެނުނީ އެ މީހުން ދުއްވި ކާރު ސިނަމާލެ ބްރިޖުމަތިން ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
ފުލުހުން ވިދާޅުވީ ޑްރަގް އެންފޯސްމަންޓުން މި މައްސަލަ ތަޙްޤީޤު ކުރައްވަމުން ގެންދަވާ ކަމުގައެވެ.