Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރިޟުވާން ގެއްލުވާލި މައްސަލައިގެ ރިޕޯޓު ރައީސަށް އަރުވައިފި

ރިޟުވާން ގެއްލުވާލި މައްސަލައިގެ ރިޕޯޓު ރައީސަށް އަރުވައިފި
ވަގަށް ނަގައި، މަރާލާފައިވާ ނޫސްވެރިޔާ ރިޟުވާން ޢަބްދުﷲ ގެ މަރާއި ގުޅިގެން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިއަދު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ. އެ ރިޕޯޓު ރައީސަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ފަރާތުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރިޔާސީ ކޮމިޝަންގެ މެމްބަރު ފަރިޝާ އަބްދުﷲ ވިދާޅުވީ މި މައްސަލާގައި 3 މީހެއްގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް މީގެ ކުރިން ފޮނުވާފައިވާ ކަމަށެވެ. “މި މައްސަލައާ ގުޅިގެން ފުލުހުން ހޯދާފައިވާ މާއްދީ ހެކިތަކުގެ ތެރެއިން އިތުރު ތަހުލީލުކުރެވެން ހުރި ތަކެތި ރާއްޖޭން ބޭރުގެ ފަރާތްތައް މެދުވެރިކޮށް ފޮރެންސިކް ތަހުލީލު ހަދާފައިވޭ” ފާރިޝާ ވިދާޅުވިއެވެ. މަރު ކޮމިޝަނުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސްފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލާފައިވާ މައްސަލަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެއެވެ. މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިޟުވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގައެވެ.

އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓައެވެ.

އެ މައްސަލާގައި ތިން މީހަކަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރިއެވެ. އެއީ ހ. ހިލްޓަން، އަހްމަދު އާލިފް ރައޫފް އާއި ސ. ހުޅުދޫ، އަތިރީއާގޭ، މުހައްމަދު ސުއައިދު އާއި ގދ. ވާދޫ، ކަރަންކާގެ، މުހައްމަދު ނޫރައްދީނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް