Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރިޟްވާން ސީރިއާގައި މަރުވެފައިވާ ކަމަށް ދައްކަން މަސައްކަތް ކުރި

ރިޟްވާން ސީރިއާގައި މަރުވެފައިވާ ކަމަށް ދައްކަން މަސައްކަތް ކުރި

ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މަރު ސިއްރު ކުރަން މަސައްކަތް ކުރި ކަމަށް މަރު ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

ރިޟުވާންގެ މަރާ ގުޅިގެން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިއަދު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ ރިޟްވާންގެ މަރުގެ ހަގީގަތް ފޮރުވަން ގިނަ ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ދަޢުލަތުގެ އިސް ފަރާތްތައްވެސް ހިމެނޭ ކަމަށާއި އެ ފަރާތްތަކުން ރިޟްވާން އަށް ހެދި ގޮތް އޮޅުވާލަން މަސައްކަތްކުރި ކަމަށް ފަރީޝާ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

“ރިޟްވާން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ ކަމަށް ދައްކަން ވެސް ގިނަ ކަންތައްތައް ކޮށްފައިވޭ. އެގޮތުން ރިޟްވާނގެ ޕާސްޕޯޓު ކޮޕީއެއް މަސައްކަތް ކުރުމާއި ސީރިއާ ހަނގުރާމައިގަ މަރުވެފައިވާ ކަން ދެއްކުން ހިމެނޭ” ފަރީޝާ ވިދާޅުވިއެވެ.

މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިޟުވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް