Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

އަފްޣާނު އަންހެނުން ޔުނިވަސިޓީގައި ކިޔެވުން މަނާކޮށްފި

އަފްޣާނު އަންހެނުން ޔުނިވަސިޓީގައި ކިޔެވުން މަނާކޮށްފި

އަވަށްޓެރި އަފްގާނިސްތާނުގައި އަންހެންކުދިންނަށް މަތީ ތައުލީމަށް ކިޔަވައިދިނުން ތާލިބާނު ސަރުކާރުން މަނާކޮށްފިއެވެ.

އަންހެން ކުދިންނަށް މަތީ ތައުލީމަށް ލިޔެވުމުގެ ފުރުސަތު ބަންދު ކުރުމާ ގުޅިގެން ވެރިކަން ކުރާ ތާލިބާނުން ބުނީ އެ ނިންމުމަކީ ވަގުތީ ނިންމުމެއް ކަމަށާއި އަދި ދާއިމީ ނިންމުމެއް ނޫން ކަމަށާއި އެ ނިންމުމާ މެދު ފައިނަލް ނިންމުމެއް ނިންމުމަށްޓަކައި ސަރުކާރާއި ހަޔަ އެޑިޔުކޭޝަނާ ދެމެދު މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ގައުމުގެ ހަޔަ އެޑިޔުކޭޝަން މިނިސްޓްރީގެ ތަރުޖަމާނު އިއްޔެ އެ ގައުމުގެ ނޫސްތަކަށް ވިދާޅުވީ ސަރުކާރުގެ ނިންމުން އެ ގައުމުގައި ހިނގަމުންދާ އަމިއްލަ ޔުނިވާސިޓީ ތަކާއި ސަރުކާރުގެ ޔުނިވާސިޓީ ތަކާއި ކޮލެޖު ތަކުގެ އަންހެން ދަރިވަރުންނަށް މިހާރު އަންގާފައި ކަމަށެވެ.  އޭގެ އިތުރުން އޭނާ ވިދާޅުވީ އެ ނިންމުމަކީ ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމެއް ކަމަަށެވެ.

Advertisement
Ooredoo — Square (box)

" ދާއިމީ ނިންމުމެއް ނިންމާނީ އެމަޝްވަރާ ތަކަށް ފަހުގައި. މިހާރު ނިންމާފައި އެވަނީ ވަގުތީ ނިންމުމެއް،" ތާލިބާނުންގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިނިންމުން ތާލިބަނުން ނިންމާފައި މިވަނީ އަހަރުގެ ފަހު ކޮޅު އޮންނަ އިމްތިހާނު ކައިރިވެފައިވާ ދަނޑިވަޅުގައެވެ.

އަފްގާނިސްތާނަކީ އަންހެން ކުދިންގެ ތައުލީމަށް ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތައް ކުރިމަތި ކުރިމަތި ކުރުވަމުން އަންނަ ގައުމެކެވެ. އެގޮތުން ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމާ ހަވާލު ވުމުގެ ކުރިން ކާބުލްގެ ދެކުނުގައި އަންހެން ކުދިންނަށް ހާއްސަކޮށް ތައުލީމު ދިނުމަށްޓަކައި ބިނާކޮށްފައިވާ ސުކޫލަކަށް ބޮން އަޅާއި އެ ސުކޫލު ވަނީ ބިމާ ހަމަކޮށްލާފައެވެ.

ދިޔަ އަހަރުގެ މޭ މަހު ތެރޭގައި ދިން އެ ހަމަލާގއި އެ ސުކޫލުގައި ތައުލީމު ހާސިލް ކުރަމުން ދިޔަ 25 ދަރިވަރަކު މަރުވެ 50 ކުދިން ވަނީ ޒަހަމްވެފަ އެވެ. އެ ހަމަލާގައި ލިބުނު ޒަހަމްތަކާ ގުޅިގެން ބައެއް ކުދިން ވަނީ ނުކުޅެދޭ ކުދިންނަށްވެ ފައެވެ.

އަފްޣާނިސްތާނުގައި އޮތް ތާލިބާނުންގެ ވެރިކަމުން ނިންމި ނިންމުން، މިދިޔަ 20 އަހަރު އެ ގައުމު އަޅުވެތިކޮށްގެން އުޅުނު އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ކުށްވެރިކޮށްފައެވެ. އެ ދެ ގައުމުން ބުނި ގޮތުގައި ތާލިބާނުންގެ ސަރުކާރުން އެ ގައުމުގެ އާންމު ރައްޔިތުންގެ ހައްގުތަކަށް ހުރިމަތްތެރިކޮށް ހިތައިފުމަށް ދާންދެން، އަދި ޚާއްސަކޮށް އެ ގައުމުގެ އަންހެނުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އިހުތިރާމް ކޮށްފުމަށް ދާންދެން، ތާލިބާނުންގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ބައިނަލްއަގުވާމީ މުޖްތަމައުން ބަލައެއް ނުގަންނާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް