Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ޔުނިވަރސިޓީގެ ދޮރުތައް ބަންދުވުމުން، އަހަރެންގެ ހިތުން ދަނީ ލޭ އޮހޮރެމުން: އަފްޣާންގެ އަންހެން ކުއްޖެއް

ޔުނިވަރސިޓީގެ ދޮރުތައް ބަންދުވުމުން، އަހަރެންގެ ހިތުން ދަނީ ލޭ އޮހޮރެމުން: އަފްޣާންގެ އަންހެން ކުއްޖެއް
އަފްޣާނިސްތާނުގައި ޕޮލިޓިކަލް ސައިންސް ކިޔަވަމުން ދިޔަ، އުމުރުން 23 އަހަރުގެ މަރިޔަމް އަންގާރަ ދުވަހުގެ ރޭ ޔުނިވާސިޓީގެ އެސައިންމަންޓްތައް ނިންމަމުން ދަނިކޮށް އޭނާއަށް ލިބުނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. އެއީ ޠާލިބާނުން ހުރިހާ އަންހެނުން ޔުނިވާސިޓީތަކުގައި ތަޢުލީމު ހާސިލު ކުރުން މަނާކުރި ޚަބަރެވެ. ދިރިއުޅުމުގައި މަރިޔަމް ދެކެމުން އައި ހުވަފެންތައް ވިއްސިވިހާލިވެގެން ދިޔަ ޚަބަރުވެސް މެއެވެ. މި ހިތްދަތި ވާހަކަ މަރިޔަމާ ހިއްސާ ކުރީ އޭނާ އިންނަން އުޅޭ މީހާއެވެ.
"ވަރަށް ބޮޑަށް ސޮރީ. މަރިޔަމްގެ ފައިނަލް އިމްތިހާނު ނުހެދޭނެ ޔުނިވަރސިޓީތައް، އަންހެން ކުދިންނަށް ބަންދު. ހަޔާތުގެ ބައިވެރިޔާގެ ކިބައިން މި ޚަބަރު ފަހުން އަހަރެންގެ ހިތް ލޭ އޮހޮރެމުން ދިޔަ." އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ކަރުނަތައް ފޮހެލަމުން އޭނާ ބުންޏެވެ.
ޠާލިބާނުންގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ނީދާ މުޙައްމަދު ނަދީމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަންގާރަ ދުވަހު ތާލިބާން ސަރުކާރުން އަމިއްލަ އަދި ސަރުކާރުގެ ހުރިހާ ޔުނިވާސިޓީތަކަށް އަންގާފައި ވަނީ "ވަކި ގޮތެއް އަންގަންދެން އަންހެން ކުދިންގެ ކިޔެވުން [މެދުކަނޑާލަން]" ކަމަށެވެ. ނަމަވެސް ޠާލިބާނުން އެކަން މަނާކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. މަޝްހޫރު ބައެއް ޔުނިވާސިޓީތަކުގެ ދޮރުތައް ޠާލިބާނުން ބުދަ ދުވަހު ބަންދުކުރީ އަންހެނުން ކެމްޕަސްތަކަށް ވަނުން ހުއްޓުވުމުގެ ގޮތުން ކަމަށް ބައެއް ދަރިވަރުން އަލްޖަޒީރާއަށް ކިޔައިސުން ކަމަށް އެ ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ. ޠާލިބާން ސަރުކާރުން މި ނިންމުން ނިންމިއިރު، އަފްޣާނިސްތާނުގެ އަންހެނުން ޔުނިވާސިޓީއަށް ވަނުމުގެ ޓެސްޓުތައް މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަދައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް