ޚަބަރު

ރިޟްވާންގެ މައްސަލައިގެ ތުހުމަތުތަކަށް ރައީސް ޔާމީންގެ ރައްދު؛ ތި ކުޅެނީ މަރުގެ ކާޑު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދުގެ ޞާލިޙްގެ ސަރުކާރު ވެރިކަމަށް އައިސްފައިވަނީ ވެސް އަދި ވެރިކަން ނިމެމުންދާއިރު ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށާއި އެއީ މަރުގެ ކާޑު ކަމަށް އިދިކޮޅުގެ ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނާ ގުޅޭ ތަހުގީގުތަކަށް ރައީސް އުފެއްދެވި ކޮމިޝަނުގެ ރިޟްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓް ރައީސް ޞާލިޙަށް މިދިޔަ ހަފްތާގައި ވަނީ އަރުވާފައެވެ. އެ ރިޕޯޓަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ، ކޮމިޝަނުގެ މެންބަރުން ވަނީ، އެ މައްސަލައިގައި ހިމެނޭ މީހަކު ރާއްޖެއިން ފުރުވާލައިފައިވަނީ ރައީސް ޔާމީންގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

އެ ވާހަކަތަކައް ރައްދު ދެއްވީ އިދިކޮޅުން ރޭ ކާނިވަލް ސަރަހައްދުގައި "ފެލާލައިފި" ނަމުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

"މިއީ މަރުފަލި ޖަހަމުންދާ ސަރުކާރެއް. މި ހިސާބަށް ދިޔައީމަ އެ މީހުން ބޭނުން ކުރާނީ މަރުގެ ކާޑު. މިހާރު ބޭނުން އެކުރަނީ ރިޟްވާންގެ ކާޑު. ބަލަ ރިޟްވާން އެކަނިތަ މަރުވެގެން އެ އުޅެނީ." އަލުން އެ މައްސަލަ ބައްލަވާފައިބާތީ ރައީސް ޔާމީން ވަނީ އެކަމާ ފާޑު ވިދާޅުވެފައެވެ.

"ފުލުހުންގެ މުއައްސަސާތަކުގައި އިސްކޮށްތިބީ ޤަމާރުންތަކެއްތަ؟ ބީތާންތަކެއްތަ؟ މި ބަލާ ނިންމާފައި ހުރި މައްސަލަ... ރިޟްވާން މަރާލި މީހުން، މި ސަރުކާރުގައި ތިބި މީހުންނަށް އިނގޭނެ ފުލުހުންނަށް އިނގޭނެ."

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ކާރަކަށް އަރުވައިގެން، ރިލްވާން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ގެންދިޔަ ކަމަށާއި އެކަން ކުރީ ކާކުކަން ވެސް ފުލުހުންގެ ތަހުޤީޤަށް ކުރިން އެނގިފައިވާ ކަމަށެވެ. އަދި އެ މީހާ މިހާރު ކޮބާތޯ ޔާމީން އެއްސެވިއެވެ.

"ކާކު ޕާސްޕޯޓް ހަދައިދިނީ، ބަލައި ނިންމާފަ އޮތް ތަޙްޤީޤެއް. އަދަބު ދޭން ޖެހޭ ފަރާތްތަކަށް އަދަބު ދެޔޭ" ރައީސް ޔާމީން ވިދާޅުވީ، ޕާސްޕޯޓް ހައްދައިދިން މައްސަލަ ބަލައި އަދަބު ވެސް ދެވިފައިވާ ކަމަށެވެ.

Ads by Ooredoo
  1. ހަސަންބެ

    ކަލޭ އަޑީގައޮވެގެން ކުރިންވެސް އަދިމިހާރުވެސް ރާއްޖޭގަ ހިންގާ ހުރިހާ ޖަރީމާއެއް ހިންގަނީ ދެން އަނެއްޅާ އަކީ އެމްޑީޕީ ގަ އުޅޭ އންނި ކިޔާ ބަދަވި

  2. އަބްދޫ

    ރިޒްވާނު ވަގަށް ނަގާފަ މިނިވަންނޫހާއި އައރިސްޓއިމްގަ ހުރި ލާދީނީ ލިއުން ރިޒްވާނުގެ ބޮލުގަ އަޅުވާ ނޫސްބަޔާން ނެރުނީކާކު ؟ މިލިއުމުގަ ޖަހާފަ ހުރީ ކާކުގެ ފޮޓޯ އެއް، ރިޒްވާނަށް އަފްރާސީމް މަރުގެ ހަގީގަތް ވެސް ރަނގަޅަށް އެގޭ . ރިޒްވާނުގެ އަތުގާހުރި ލާދީނީ ލިއުންތަކުގެ ވެރިފަރާތް ކޮބާ؟. އެއްވެސް ތަހުގީގެއްގަ ރިޒްވާނުގެ މިނިވަން ނޫހުގެ ނޫސްވެރިޔާ ނޫސްތަކުގަ ކޮށްފަހުރި މަސައްކަތުގެ ވާހަކަ ނެތީ ކީއްވެ؟ ތަހުގީގީ އިދާރާތަކުން ރިޒްވާނުގެ މައްސަލައަށް ގަސްދުގާ. ވަރަށް ބޮޑަށް އިހުމާލްވެފަ އޮޔް ހެނެ ހީވޭ.