ޕިލިޕީންސްއިން ދެކުނު ޗައިނާ ކަނޑުގައި އަސްކަރިއްޔާ ވަރުގަދަ ކުރަނީ

ޕިލިޕީންސްއިން ދެކުނު ޗައިނާގެ ކަނޑުގައި ހަރާތްތެރިވުން އިތުރު ކުރަން އެ ޤައުމުން ނިންމައިފިއެވެ.
ފިލިޕީންސްގެ ދިފާއީ ވުޒާރާއިން ބުރާސްފަތި ދުވަހު ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި އަސްކަރިއްޔާގެ ހަރަކާތްތެރިކަން ވަރުގަދަ ކުރުމަށް އަންގާފައި ވަނީ ފިލިޕީންސްގެ ބާރުގެ ދަށުގައި އޮންނަ ރަށެއްގެ ކައިރީގައި ޗައިނާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވެފައިވަނިކޮށެވެ.
އެއީ ކޮން ހަރަކާތެއް ކަމެއް މިނިސްޓްރީން ހާމަކޮށްފައި ނުވާއިރު، އެ މިނިސްޓްރީން މިހެން ބުނެފައި މިވަނީ ސްޕްރެޓްލީ އައިލެންޑްސްގައި ޗައިނާއިން އިމާރާތްތަކެއް އަޅަމުންދާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވަނިކޮށެވެ. މިކަމާ ގުޅިގެން ޗައިނާއިން މިހާތަނަށް ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ފިލިޕީންސް އިން ބުނނީ 200 މޭލުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރޭގައި ހިމެނޭ ބައެއްޗައި ޗައިނާއިން ހަރަކާތްތެރިވުމަކީ ނުވަތަ ހިއްކުމަކީ ފިލިޕީންސްގެ ސޮވެރިން ޓެރިޓަރީގެ ތެރޭގައި ހިމެނޭ ޕަގަސާ އައިލެންޑްގެ ސަލާމަތަށް އޮތް ނުރައްކަލެއް،" އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޗައިނާއިން އެ ރަށްތައް ކައިރީ ހިއްކައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.