ޚަބަރު

ބޮޑުފިނޮޅު ހަމަނުޖެހުން : 19 ބިދޭސީންގެ ވަކީލުންގެ މައްސަލަ ބާ ކައުންސިލަށް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ބ. ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރެވުނު 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި މަސައްކަތް ކުރާ މީހުންގެ ސުލޫކީ މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ފުލުހުން ނިންމައިފިއެވެ.

Ads by Hajj Corporation

މިރޭ ފުލުހުން ނެރުނު ބަޔާނެއްގައިވަނީ ބޮޑުފިނޮޅުގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި 19 ބިދޭސީން ހައްޔަރުކޮށް، އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާނީ ޖިނާއީ އިޖުރާތުގެ ޤާނޫނުގައި ކަނޑާއަޅާފައިވާ އިޖުރާތުތަކާއި އެއްގޮތަށް ކޯޓަށް ހުށަހަޅައިގެން ކަމަށެވެ. އަދި އެކަމުގެ ހުރިހާ މަރުޙަލާއެއްގައިވެސް ފުލުހުން ޢަމަލު ކޮށްފައިވާނީ ޤާނޫނީ އިމުގެތެރެއިންކަމަށް ބަޔާނުގައި ވެއެވެ.

އެހެންނަމަވެސް މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނަށް އައްޔަންކޮށްފައިވާ ބައެއް ޤާނޫނީ ވަކީލުން، 19 ބިދޭސީންގެ ނަމުގައި، ހައްޔަރުކުރި 19 ބިދޭސީންގެ ވަކީލުން ކަމުގައި ބުނެ ސޯޝަލް މީޑިއާއާއި މީޑިއާގެ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މިމައްސަލައިގެ ތަޙްޤީޤާއި، ފުލުހުންގެ މުއައްސަސާއާއި، ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅުވައިގެން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރަމުންދާކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އަދި މިއީ ފުލުހުންގެ މަސައްކަތަކާއި މެދު ނުބައި ތަސައްވުރެއް އުފެއްދުމަށް ކުރަމުން މަސައްކަތެއްގެ ގޮތުގައި ފުލުހުން ތުހުމަތުކުރެއެވެ.

ހައްޔަރުކުރި 19 ބިދޭސީންގެ ތެރެއިން 5 މީހަކަށް ވަކީލުން ހަމަޖެއްސީ ދައުލަތުން ކަމަށާ، އިތުރު 5 މީހަކަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން 5 ވަކީލުން ޢައްޔަންކުރިކަމަށް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކި ވަކީލުންތަކެއް ވާހަކަދައްކާކަމަށާ، މިގޮތަށް ވާހަކަދައްކަމުންދާ ވަކީލުންނަކީ ދައުލަތާއި ޓްރާންސް ޕޭރަންސީން 10 ބިދޭސީއަކަށް ޢައްޔަންކުރި 10 ވަކީލުންނަށް އެނގުމެއް ނެތި އެކަންކުރަމުންދާ ބައެއްކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފައިކަމަށްވެސް މިރޭ ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.

ބ.އަތޮޅު ބޮޑުފިނޮޅުގައި ތަރައްޤީކުރަމުން އަންނަ ރިސޯޓުގެ މަސައްކަތް ކުރުމަށް ރިޒް ކުންފުނީގެ ފަރާތުން އެރަށަށް ގެންގޮސްފައިވާ 198 ބިދޭސީންގެ ތެރެއިން ބަޔަކު މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު އެރަށުގައި ހަމަނުޖެހުން ހިންގައި ބަޔަކު ރަހީނުކޮށް، ފުލުހުންނާ ކުރިމަތިލައި ބޮޑެތި ހަމަނުކެހުންތަކެއް ހިންގާފައިވެއެވެ. މިމައްސަލައާ ގުޅިގެން އެކަމުގައި ޢަމަލީގޮތުން އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ބަނގްލަދޭޝްގެ 19 މީހުން ހައްޔަރުކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!