އެޗްޑީސީން ފިޔަވަތީގެ ކުދިންނަށް ޚާއްސަ ހަވީރެއް ބާއްވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
"ފިޔަވަތި ފަން ޑޭ" ގެ ނަމުގައި ފަރުކޮޅުފުށީގައި ބޭއްވި މި ޚާއްސަ ހަވީރުގައި ފިޔަވަތީގައި ދިރިއުޅޭ 90 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެ ހަވީރުގައި އެޗްޑީސީގެ ބައެއް އިސްވެރިންނާއި ފިޔަވަތީގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ހަވީރުގައި އެޗްޑީސީން ވަނީ ފިޔަވަތީގެ ކުދިންނަށް ޚާއްސަ ހަދިޔާތަކެއް ވެސް ދީފައެވެ.
އެޗްޑީސީން ފިޔަވަތީގައި އުޅޭ ކުދިންނަށްޓަކައި މިފަދަ ގިނަ ހަރަކާތްތަކެއް އިންތިޒާމު ކުރެއެވެ.