ޚަބަރު

އާ އަހަރުގެ ޝޯ ބަލަން 20،000 މީހުން ދިޔަ

ރައުފާ ރަޝީދު ، ދެން އޮންލައިން

އާ އަހަރުގެ ފެށުން ފާހަގަކުރަން ރޭ ހުޅުމާލޭގައި ބޭއްވި ޝޯ ބަލަން 20،000 މީހުން ދިޔަ ކަމަށް ޔޫތް މިނިސްޓަރު އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަހުލޫފް ވިދާޅުވީ ރާއްޖޭގައި މިޔުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައްހާސް ރައްޔިތުން އުޅޭ ކަމަށެވެ. އަދި އެފުރުސަތު އެ ރައްޔިތުންނަށްވެސް އޮންނަންވާނެ ކަމަށް މަހްލޫފް ވިދާޅުވިއެެވެ.

‏”ރޭގެ ޝޯ ބަލާލަން 20،000 އާ ގާތްކުރާ އަދަދަކަށް ހުޅުމާލެ ޓްރެކް އެއްކޮށް ފުރާލި” މަހްލޫފް ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީން އިންތިޒާމްކޮށްގެން ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ރޭ ބޭއްވި މިއުޒިކް ޝޯއަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. އެ ޝޯގައި ބޮޑުބެރު ލަވަތަކާއި ދިވެހި ބައެއް ފަންނާނުންގެ ހުށަހެޅުންތައް ފެނިގެންދިޔައެވެ. މީގެ އިތުރުން ބޮލީވުޑްގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޕައުނީ ޕާންޑޭގެ ގިނަ ހުށަހެޅުންތަކެއްވެސް ޝޯގެ ތެރެއިން ފެނިގެންގޮސްފައިވެއެވެ.

Ads by HDC
  1. އާހަރުގެ ވާހަކަ

    ގިނައީ ބިދޭސީން