Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

އަފްގާނިސްތާނަށް އިންވެސްޓަރުން ހޯދަނީ

އަފްގާނިސްތާނަށް އިންވެސްޓަރުން ހޯދަނީ

އަފްޣާނިސްތާނުގައި އަންހެނުންނަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އަފްޣާނިސްތާނުގައި އެކަހެރިވެފައިވާ ދަނޑިވަޅެއްގައި، ތާލިބާނުންގެ ސަރުކާރުން އަމިއްލަ ފުދުންތެރިކަމަށް ހިތްވަރުދީ، ބައިނަލްއަގްވާމީ ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތައް ބޭނުންވާކަމަށް އެކްޓިންގ ކޮމާސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ހާޖީ ނޫރުއްދީން އަޒީޒީ ރޮއިޓާސްއަށް ވިދާޅުވީ، ގައުމީ ފުދުންތެރިކަމުގެ ޕްރޮގްރާމެއް ފަށަން ވިސްނަވާ ކަމަށާއި ސަރުކާރުގެ ހުރިހާ އިދާރާތަކުން ވެސް އެތެރޭގެ އުފެއްދުންތައް ބޭނުންކުރުމަށް ބާރު އަޅާނެ ކަމަށެވެ.

"އަމިއްލަ ފުދުންތެރިކަމަށް އެހީތެރިވެދޭނެ ކޮންމެ އައިޓަމަކަށް ވެސް ސަޕޯޓް ކުރާނަން." އޭނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

"ބޭރުން އަފްގާނިސްތާނަށް ތަކެތި އެތެރެކުރަމުން ދިޔަ މީހުން އަފްޣާނިސްތާނުގައި އިންވެސްޓް ކުރުމުގެ ފުރުސަތުތައް ފަހިކޮށްދޭންނަން، ބޭރުން އެތެރެކުރުމުގެ ބަދަލުގައި މިތަނުގައި އިންވެސްޓް ކުރަން މަގު ހުޅުވާލާނަން،"

ނޫރުއްދީން ވިދާޅުވީ އީރާނާއި ރަޝިއާ އަދި ޗައިނާ ފަދަ ގައުމުތަކުން ވިޔަފާރި އާއި އިންވެސްޓްމަންޓަށް ޝައުގުވެރިވާ ކަމަށެވެ. އަދި މިހާރު ވެސް ބައެއް މަޝްރޫއުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ރަޝިއާ އާއި އީރާނުގެ ބައިވެރިވުމާއެކު ޗައިނާގެ އިންޑަސްޓްރިއަލް ޕާކްތަކާއި ތާމަލް ޕަވާ ޕްލާންޓްތައް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް