އޭޝިއާ ދުނިޔެ

ގެއިން ނުކުތީ ކޮއްކޮ ސްކޫލަށް ގެންދަން، ދެން ފެނުނީ މަރުވެފައިވަނިކޮށް

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އިންޑިއާގެ ޓެމިލްނާޑޫގެ ޗެންނާއީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ ވަޅުގަނޑަކުން ސަލާމަތްވާން އުޅެނިކޮށް ޓްރަކެއްގައި ޖެހިގެންނެވެ. ހާދިސާގައި އަންހެނަކުވަނީ މަރުވެފައެވެ. އޭނާއަކީ ސޮފްޓްވެއަރ އިންޖިނިއަރެކެވެ.

Ads by Sosun Fihaara

ޕޫނަމަލީ ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ (4 ޖެނުއަރީ 2023) ހެނދުނު 7:30 އެހާކަންހާއިރު އަންހެން މީހާ އޭނާގެ ކޮއްކޮ ސްކޫލަށް ގެންދިއުމަށް ދަނިކޮށް ކަމަށެވެ. އެގޮތުން ޝޯބާނާ ނަމަކަށް ކިޔާ މި އަންހެން މީހާ މަދުރަވޮޔަލްގެ ސަރވިސް މަގުގައި ދުއްވާފައި ދަނިކޮށް ސައިކަލު ވަޅުގަނޑެއްގައި ޖެހި ކޮންޓްރޯލް ގެއްލުމުން، އޭނާ އާއި އޭނާގެ ކޮއްކޮ ސައިކަލުން ވެއްޓުނެވެ. އަދި އެ ވަގުތު ފަހަތުން އައި ޓްރަކް ދިޔައީ އަންހެންމީހާގެ ގައިމަތިންކަމަށާއި، ހާދިސާގައި އޭނާގެ ކޮއްކޮއަށްވެސް ގިނަ ޒަޚަމް ތަކެއް ލިބިފައިވާކަމަށް ފުލުހުންވަނީ މަޢުލޫމާތު ދީފައެވެ.

ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި މަރުވި އަންހެންމީހާގެ ކޮއްކޮ ހަރީޝް އަށް ޓެމިލް ނާޑޫގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ދަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓަށްފަހު ފުލުހުން މިހާރުވަނީ ޓްރަކް ދުއްވި މީހާ ހައްޔަރުކޮށްފައެވެ.  މޯހަން ނަމަކަށް ކިޔާ މި މީހާ ހައްޔަރުކޮށްފައި ވަނީ ބާރު ސްޕީޑުގައި ދުއްވުމާއި، އޭނާގެ އިހުމާލުން މީހަކު މަރުވި ކަމުގެ ތުހުމަތުގަ އެވެ. މި މައްސަލާގައި ޓްރަކް ދުއްވި މީހާ މިހާރުވަނީ މެޖިސްޓްރޭޓްކޯޓަށް ހާޒިރުކޮށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

މީގެ އިތުރުން އެ އަންހެން މީހާގެ މަރާއި ގުޅިގެން މިހާރުވަނީ އެ މަގުގެ ވަޅުގަނޑުތައް ބައްދައި، ހަލާކުވެފައިވާ ބައިތައް މަރާމާތުކޮށްފައެވެ.

Ads by Allied Insurance
  1. މަރު

    ގަސއތުގާ ހަމަ މި އިންޑިއާިން މީހުން މި މަރަނީ، އަދި ކޮބައިތަ މިގައުމުގެ މީހުނަށް ހަދާލާނެ ގޮތަކީ، މިގައުމުގާ މި އިންޑިއާގެމީހުން ދުއްވާ ތަކެތި ދަށުގާ ވެސ މީހުން މަރާނެ، މަރާނެ ކަމަށް ވަރަށް ބެލެވޭ، ވަރަށް ބިރުވެރި.

    • ސަންތި

      އިންޱިޔާރުޅިއަޔަސް ތީދެން ބޮޱުވަރު