Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނިރުބަވެރި ކަމަށް ހިތްވަރުދޭ ކަމަށް ބުނާ ލިޔުމެއްގެ މައްސަލައެއް ބަލަނީ

ނިރުބަވެރި ކަމަށް ހިތްވަރުދޭ ކަމަށް ބުނާ ލިޔުމެއްގެ މައްސަލައެއް ބަލަނީ

ނިރުބަވެރި ކަމަށް ހިތްވަރުދޭ ކަމަށް ބުނާ ލިޔުމެއް އައްޑޫ ސިޓީގައި ހަރުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އައްޑޫ ސިޓީގައި ޓެރަރިސްޓް ހަމަލާއެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ލިޔުމެއް ލިޔެފައިވާ ފޮޓޯ އެއް ނޫސްވެރިއަކު ފުލުހުންގެ މީޑިއާ ގްރޫޕްގައި ހިއްސާކޮށް، އެފަދަ މައްސަލައެއް ބަލަމުން ދޭތޯ ސުވާލު ކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި ވިދާޅުވީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

Advertisement
Ooredoo — Square (box)

އިންޒާރުގެ ލިޔުމުގައި ލިޔެފައިވަނީ  އައްޑޫ ސިއްސުވާލަނީ ކަމަށާއި ''ލޭ އޮހޮރުމަކަށް ނުގޮސް އަމާންދީ'' މިހެން ވެސް ލިޔެފަވެއެވެ. އަދި އަޚުންތައް ދޫކޮށް ލުމަށް ލިޔުމަށްފަހު، މިއީ އެންމެ ފަހުގެ އިންޒާރު' ކަމަށް ވެސް ލިޔެފަވެއެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް