ބޮލީވުޑް މުނިފޫހިފިލުވުން

ޕްރިތީއާ އަޅުވާ ކިޔާތީ އަޖޭއާ ކާޖޮލް މައްސަލަ ޖެހިއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޕްރިތީ ޒިންތާ އަދި އަޖޭ ދޭވްގަން

ބޮލީވުޑް ބަތަލާ ޕްރިތީ ޒިންތާ އާއިއެކު ލޯބީގެ ގުޅުމެއް އޮތްކަމަށް ބުނެ އެކްޓަރު އަޖޭ ދޭވްގަންއާއި އަޅުވާ ކިޔާތީ އަޖޭއާ އޭނާގެ އަންހެނުން ކާޖޮލް މައްސަލަ ޖެހިއްޖެ އެވެ.

Ads by STELCO

ޕްރިތީއާއި އަޖޭގެ ގުޅުމެއް އޮތްކަމަށް ބުނެ އެންމެ ފުރަތަމަ އަޑު ފެތުރުނީ 2001 ވަނަ އަހަރު ދެމީހުން އެކުގައި ކުޅުނު "ޔޭ ރާސްތޭ ހޭ ޕިޔާރް ކޭ" އަށްފަހު އެވެ. އޭރު އަޖޭ އުޅުނީ ކާޖޮލްއާއި ކައިވެނިކޮށްގެންނެވެ. މިއަޑު ފުރަތަމަ ފެތުރުނު އިރުވެސް ކާޖޮލްއާއި މައްސަލަ ޖެހުނުކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބޮލީވުޑް މަސައްކަތްތަކާއި ދުރުގައި ހުރުމަށްފަހު މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ޕްރިތީ ވަނީ އިންޑިއާއަށް ގޮސްފަ އެވެ. އޭނާ ކުރިން ދިރިއުޅެމުން ދިޔައީ ފިރިމީހާއާއިއެކު އެމެރިކާގަ އެވެ. ދެމީހުންގެ ކައިވެނި ކުރެވުނީ 2016 ވަނަ އަހަރު އެވެ.

ޕްރިތީ އިންޑިއާއަށް ދިޔުމާއިއެކު އަނެއްކާވެސް އަޖޭއާއި ލޯބީގެ ގުޅުން ބޭއްވިކަމަށް އަޑު ފެތުރެން ފެށި އެވެ. މިއާއިއެކު ކާޖޮލްއާއި އަނެއްކާވެސް މައްސަލަ ޖެހުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިކަމާއި ގުޅޭގޮތުން އަޖޭ ބުނީ މީޑިއާތަކުން މިސުވާލު ކުރިމަތި ކުރުވާތީ އުނދަގޫވާ ކަމަށެވެ. އަދި ޕްރިތީއަކީ މަސައްކަތުގެ މާހަލުގައި އެކަނި ދަންނަ މީހެއް ކަމަށާއި އެކުވެރިކަންވެސް އެ ދެމީހުންގެ ދެމެދުގައި ނޯންނަ ކަމަށް ބުންޏެވެ.

އަޖޭއާއި ކާޖޮލްގެ ދެ ކުދިން ތިބެ އެވެ. އެއީ ނައިސާ ދޭވްގަން އާއި ޔޫގް ދޭވްގަން އެވެ. ދެމީހުންގެ ކައިވެންޏަށް މިހާރު ވަނީ 23 އަހަރު ވެފަ އެވެ. ކައިވެނީގެ ކުރިންވެސް 5 އަހަރު ވަންދެން ދެމީހުން އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!