ބޮލީވުޑް މުނިފޫހިފިލުވުން

ޕަތާން ޓްރެއިލާ: ވިލަން އަކީ ޖޯންއެއް ނޫން، ދިޕިކާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފިލްމު ޕަތާންގެ ޕޯސްޓަރެއް

މިމަހު 25 ގައި ރިލީޒް ކުރަން ތައްޔާރުވަމުންދާ ޔަޝް ރާޖް ފިލްމްސްގެ "ޕަތާން" ގައި ވިލަންގެ ރޯލު ކުޅެނީ ޖޯން އަބްރަހަމް ނޫން ކަމަށާއި ވިލަން އަކީ ދިޕިކާ ޕަދުކޯން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

Ads by STELCO

އިއްޔެ ވަނީ ޕަތާންގެ އޮފިޝަލް ޓްރެއިލާ ރިލީޒް ކޮށްފަ އެވެ. މިފިލްމަކީ ސްޕައި ތްރިލާ އެކެވެ. ފިލްމުގެ މުހިންމު ރޯލުތަކުން ފެންނަނީ ޝާހުރުކް ހާން ގެ އިތުރުން ދިޕިކާ އާއި ޖޯން އެވެ.

2 މިނެޓެއް ހާއިރުގެ ޓްރެއިލާއިން ފެންނަނީ ޖޯން ޓެރަރިސްޓެއްގެ އައުޓްފިޓުގައި އިންޑިއާއަށް ހަމަލާދޭކަން އިއުލާން ކުރާ މަންޒަރެވެ. ޝާހު ފެނިގެންދަނީ މި ހަމަލާއިން ސަލާމަތް ކޮށްދިނުމަށް ސިފައިންގެ މީހެއްގެ ގޮތުގައި ހަރަކާތްތެރިވާ ތަނެވެ. މި މިޝަންގައި ޝާހުއާއި ގުޅެނީ ދިޕިކާ އެވެ.

"ޕަތާން" ގެ ޓްރެއިލާއިން ފެންނަ ގޮތުގައި ޖޯން ފަހަތުން ޝާހު ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރެ އެވެ. އޭނާ އާއިއެކު ދިޕިކާވެސް ދަތުރު ކުރެ އެވެ. ދިޕިކާގެ ބައެއް އެކްޝަން މަންޒަރުތައްވެސް ފެނެ އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ދައްކާފައިވާ ވާހަކަތަކާއި ގުޅުވައި މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނީ ޝާހުއަށް ދިޕިކާ ލަނޑު ދޭން އުޅޭ ކަމަށެވެ. އަދި ޖޯންއަކީ މައި ވިލަން ނޫން ކަމަށާއި އެރޯލު ކުޅެނީ ދިޕިކާ ކަމަށެވެ.

މިއާއެކު ޕަތާންގެ ޕްލޮޓާއި ގުޅިގެން މިވަނީ އަނެއްކާވެސް ސުވާލުތަކެއް އުފެދިފަ އެވެ. މިސުވާލުތަކުގެ ޖަވާބު މިމަހު 25 އިން ފެށިގެން ސިނަމާތަކުން ލިބޭނެ އެވެ. "ޕަތާން" 3 ބަހުރުވައަކުން ރިލީޒް ކުރާނެ އެވެ. އެއީ ހިންދީ، ތަމިލް އަދި ތެލެގޫ އިންނެވެ.

ދިޕިކާއާއި ޝާހު އެކީގައި ފެނިގެންދާ މިއީ ހަތަރު ވަނަ ފިލްމެވެ. މީގެ ކުރިން މިދެތަރިން އެކުގައި ފެނުނީ ދިޕިކާގެ ފުރަތަމަ ފިލްމު "އޯމް ޝާންތި އޯމް"ގެ އިތުރުން "ހެޕީ ނިއު ޔާ" އަދި "ޗެއްނާއީ އެކްސްޕްރެސް" އިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!