Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިސްލާމް ނޫން، ތިޔަ ހުރިހައި ފިކުރެއްވެސް ނެތި ފަނާ ވެދާނެ: ޢަލީ ރަމީޒު

އިސްލާމް ނޫން، ތިޔަ ހުރިހައި ފިކުރެއްވެސް ނެތި ފަނާ ވެދާނެ: ޢަލީ ރަމީޒު

އިސްލާމް ދީން ފިޔަވައި، ތިޔަ ބުނާ ހުރިހައި ފިކުރެއްވެސް ނެތި ފަނާވެ ދާނެ ކަމަށް ސަލަފު ޖަމުޢިއްޔާގެ ޗީޕް މާކެޓިން އޮފިސަރ ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިސްލާމް" ދީނުގެ ފިކުރުގެ ފިޔަވައި، ދެން ގެންގުޅޭ ފިކުރު ތަކަކީ ވަހުމުތަކެއް ކަމަށެވެ.

https://twitter.com/aliramyz/status/1613080237037977607

Advertisement
HDC — Sidebar (box)

ޓްވިޓަރގައި 39،000އަށްވުރެ ގިނަ މީހުން ފޮލޯ ކުރާ ޢަލީ ރަމީޒަކީ ސަރުކާރަށް ވަރަށް ގިނައިން ފާޑުވިދާޅުވާ ބޭފުޅެކެވެ.

ދީނީ ކަންކަމުގައި ސަރުކާރުން ބައެއް ފަހަރު ޢަމަލުކުރާ ގޮތާމެދު އޭނާ ކަންބޮޑުވުންފާޅު ކުރައްވައެެވެ. އެގޮތުން ދާދި ފަހުން އޭނާ ވަނީ އެއްވެސް ބިރެއް ނެތި، ފާހިޝް ކަންކަން ޕްރޮމޯޓުކޮށް، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރާއްޖޭގައި މަސާޖު ޕާލަރތައް ހިންގަމުން އަންނާތީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ މިހައި ފާޅުކަން ބޮޑު ގޮތެއްގައި ހަށި ވިއްކުން އިޝްތިހާރު ކުރަމުން ދިޔަ ދުވަސްވަރެއް ފެނިވަޑައިގެންފައިނުވާ ކަަމަށެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް