ޚަބަރު

އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކަންޏާ، ސަހަލު އެކަކުވެސް ނެތް: ރައީސް ނަޝީދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަމަ ސަހަލު އެކަކުވެސް ނެތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

"ޖީލެއްގެ ދިރުން" ނަމުގައި މިރޭ ލޮނުޒިޔާރަތް ޕާކުގައި ޒުވާނުންނާއި ބައްދަލުކުރައްވާ ޒުވާނަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ވަކި މީހަކު "އޯކޭ" ވަނީ ނޫންކަމަށާއި ރައްޔިތުންނަށް އެންމެ ރަނގަޅު ސިޔާސަތުތަކެއް ތަންފީޒު ކުރެވޭނެ ގޮތަކީ ކޮބައިތޯ ބައްލަވާކަމަށެވެ.

"ރައީސް ޔާމީން އޯކޭތޯ ނޫންތޯ އެއީ އަޅުގަނޑުގެ ނަޒަރުގައި އެޔެއްނޫން އަސްލު އަހާ ސުވާލަކީ ޕޮލިސީއެއްގެ ގޮތުގައި ކަންކަން އޯކޭތޯ މިހެން އަޅުގަނޑު ބަލާއިރު މިހާރު މިހިނގާ އެމްޑީޕީ ބައިވެރިވާކަމަށް ބުނާ ސަރުކާރުގެ އިންތިހާއަށް ކޮރަޕްޝަން އެބަހުރި އެއްގޮތަކަށްވެސް ތަހުގީގު ނުކުރެވޭ." ރައީސް ނަޝީދު ވަނީ މި ސަރުކާރުގެ ކޮރަޕްޝަނާއި ކުރީގެ ސަރުކާރުތަކުގެ ކޮރަޕްޝަން މި ސަރުކާރުން ނުބަލާތީ ފާޑު ވިދާޅުވެފައެވެ.

މިސާލަކަށް ވެންޓިލޭޓަރު ތަކުގެ ވާހަކަ މިހެންގޮސް ވަރަށް ގިނަ ކަންކަން އެބަހުރި އެއްގޮތަކަށްވެސް ތަހުގީގެއް ނުކުރުވުނު ޝަރީއަތަކަށްވެސް ނުގެންދެވުނު އިންސާފެއް އެކަމުގެ ތެރެއަކަށް ނުގެނެވުނު. ދެން ރައީސް ޔާމީނާއި ޕީޕީއެމްގެ ކޮރަޕްޝަން އިނގޭތޯ އެވާހަކަތައް ދައްކާއިރުގައި އެމްއެމްޕީއާރުސީގެ މައްސަލަތަކެއް ނޭނގުނު." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބައްލަވަނީ އަންނަ އިންތިހާބަށް ކުރިމަތިލާއިރު ޕާޓީތަކުން ސިޔާސަތުތައް އެކުލަވާލަނީ ކިހިނެތްތޯ ބައްލަވާކަމަށާއި އަނިޔާވެރިކަމާއި ކޮރަޕްޝަނާއި މިބާވަތުގެ ވާހަކަ ދައްކަންފަށައިފިއްޔާ ސަހަލު އެކަކުވެސް ނެތް ކަމަށެވެ.

"ފުރަތަމަ އަޅުގަނޑުމެން މިތިބީ އެމްޑީޕީން އިއްތިހާދު ހަދައިގެން ރައީސް މައުމޫނާ ދެން އަޅުގަނޑު ކީކޭ އެކަމާ ދަންނަވާނީ އޯކޭވެފަ މިތިބީ މައުމޫން ވިސްނަވާލައްވާ އަޅުގަނޑުގެ ލޭޓް ޓްވެންޓީސް ތާރޓީސް އެކީ ދިޔައީ ގޮޅީގައި އަނދަ ގޮނޑި ޖަހާފަ ޗޭނު ޖަހާފައި ބިޑި އަޅުވާފަ ޓިނު ގޮޅިއަށް ލާފަ ދެން އޯކޭ އެކަމް ހަމަ ރައީސް މައުމޫން އޯކޭ ދެން ހުރީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ދެން މިވާހަކަތައް ދައްކައިފިއްޔާ ހައްތަހާ ފަސް ގިނަވާނީ އަޅުގަނޑުމެންގެ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނިމިގެން ދިޔަ ގޮތް އަޅުގަނޑުމެން އެންމެންގެ ހަނދާނުގައި އެބަހުރި ދެން އޯކޭ" ނަޝީދު ވިދާޅުވީއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ވަކި މީހެއް ބެލުމަށްވުރެ ރައްޔިތުންނަށް އެންމެ ރަނގަޅު ސިޔާސަތުތަކެއް ތަންފީޒު ކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމުގެ ގާބިލުކަން ރައްޔިތުންގެ ކިބައިގައި އެބަހުރިކަމަށެވެ. 

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރައްވާ ކެމްޕޭން ނިންމާ ޖަލްސާ އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ މާލޭގައެވެ. އަދި ރަސްމީކޮށް ކެމްޕޭން ނިންމުމަށް ބާއްވާ ހާއްސަ ހިނގާލުމެއްވެސް މާލޭގައި މިމަހުގެ 27 ވަނަ ދުވަހުގެ ހަވީރު އޮންނާނެކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން މައުލޫމާތު ދެއްވައެވެ.

Ads by HDC
  1. ބިރުބޮޑު

    އަންނިއަކީ ކޮރަޕްސަންއޭ ކިޔަންލަދުގަންނަންވާނެ އަންނިއަކީ 05 އަހަރުގެ ދައުރެް ހަމަނުކޮށް 03 އަހަރު ވެރިކަން ކޮށްގެން ރަށްޔިތުންގެ ބައިތުލްމާލުން ހަރާމް ފައިސާ ނަގަމުންދާމީހެއް އަންނިއަށް ހަލާލެއްނުވާނެ ދައުލަތުން ތިޔަނަގަމުންދާ ފައިސާއެއް ވަރަށް ވަރަށޤ ސާފް

  2. ގޮޅާ

    ދެން އެމްޑީޕީ އޮވޭ އޭޕީއާ ޖޭޕީއާ ެެމްމްމްމް އެމްއާރުއެމާ ދަށުވެގެން، އަދި ޑީއާރުޕީގެވެސް ދަށުގާ، މިހާތިއޮތީ އެ ހަތަރު ޕާޓީ ގެ މުށުތެރޭގާ ފިސައިރި ރީތިކޮށް ފިއްތާލާފަ، އަދި ހިސޯރުވެސް ކޮށްފާ، މިހާރު ތިބޭނެ އެމްޑީޕީ މީހުން އަލާފިލާފަ، އެ.ްޑީޕީއެއް މިހާރު ވުޖޫދަކު ނެތް.