ޚަބަރު

އަފްގާނުގެ ގިނަ ބަޔަކު ހާލުގައި ޖެހިފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަދު އެއީ ދުނިޔޭގައި އެންމެ ހާލުގައި ޖެހިފައި އޮތް ޤައުމު ކަމުގައިވެސް ދެންނެވިދާނެއެވެ. މި ދައްކަނީ، މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަހެރިކޮށްފައި އޮތް އަފްޣާނިސްތާނުގެ ވާހަކައެވެ.

Ads by MWSC

ޤައުމުގެ ކޮންޓްރޯލްގައި ކޮންމެ ފަދަ ބަޔަކު ބާރާއި ނުފޫޒު ހިންގަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ދުނިޔެއަށް ކުރިމަތިލާން ޖެހޭ ކޮންމެ ކާރިޘާއަކާ، ޚުދު އެ ޤައުމުވެސް ކުރިމަތިލާން ޖެހެއެވެ. އަޑު ހަރުކޮށް އެކަމެއްގެ ވާހަކަ، އެންމެންވެސް ދައްކަމުންދާ މޫސުމީ ނޭދެވޭ ބަދަލުތަކާއި އެކަމުގެ ހިތި އަސަރުތައްވެސް އަފްޣާނިސްތާނުގެ ރައްޔިތުން ދަނީ  ތަޖުރިބާ ކުރަމުންނެވެ.

މި ދުވަސްވަރަކީ އަފްޣާނިސްތާނަށް ފިނި މޫސުމުގެ ދުވަސްވަރެވެ. މި ފަހަރުގެ ފިނި މޫސުމަކީ، އިންތިހާއަށް ގަދަ ފިންޏާ ކުރިމަތި ކުރުވި މޫސުމެއް ކަމަށް މައުލޫމާތު ލިބެއެވެ. އަފްޣާނިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ޖެނުއަރީ 26 ވަނަ ދުވަހު ހާމަ ކޮށްފައި ވާ ގޮތުގައި، މި ހިނގާ ޖެނުއަރީ މަހުގެ ތެރޭގައި އެކަނިވެސް، މޫސުމީ ކާރިޘާތަކާ ގުޅޭ 160 މަރެއް ވަނީ ރެކޯޑް ކޮށްފައެވެ. ކަން މިހެން އޮތް އިރު، އާންމުން ދަނީ، ގެތަކުގައި ހޫނު ހިފަހައްޓަން ހަކަތަ ގަންނާނެ ތަނަވަސްކަން އަތުގައި ނެތް ކަމުގެ ޝަކުވާ ކުރަމުންނެވެ. އާންމުން ދިރިއުޅޭ ގެތަކުގެ ފިނިހޫނުމިން ހުންނަނީ ގަނޑުވެއޭ ބުނާ މިންވަރަށްވުރެ ފިނިގަދަކޮށެވެ.
މީގެ ކުރީ ފިނި މޫސުންތަކުގައި 50 ޕަސެންޓް ގޮންޖެހުންތަކާ ކުރިމަތިލީވިއްޔާ، މި ފަހަރު މި ކުރިމަތިލަނީ އަނެއް 50 ޕަސެންޓާ. އެހެންވީމަ، ޖުމުލަ 100 ޕަސެންޓް ގޮންޖެހުންތަކާ ކުރިމަތިލަމުން މި ދަނީ. މީހުން އެހާ ފަޤީރު. އުނދުނެއް، ދަރެއް ގަންނާނެ ފައިސާއެއް އަތަކު ނުހުރޭ.
ރަޖަބު ޢަލީ؛ އުނދުން ހަދާ މީހެއް

ހަތިޔާރު އެޅި ހަނގުރާމަވެރި ޠާލިބާން ޖަމާޢަތުން އަފްޣާނިސްތާނުގައި ވެރިކަން ހިންގަމުން ދާ ކާބުލްގައި ސްނޯ ބޯވެފައި ވާ ސަރަޙައްދުގައި ޖަމާވެފައިވާ ކުނިތައް ހޭވުމުގަ އަވަދިނެތި އުޅެމުން ދިޔައީ ކުޑަކުޑަ ކުދިންތަކެކެވެ. އެ ކުދިންގެ މަސައްކަތަކަށްވީ، ގޭގައި ހޫނު ހިފެހެއްޓުމަށްޓަކާ، ހަކަތައިގެ ގޮތުގައި އަންދާނެ ޕްލާސްޓިކް ކުނިބުނި ހޮވުމެވެ. އެކުދިންގެ ޢާއިލާތަކަކީ ދަރާއި ބޯޓުދެލި ފަދަ އެއްޗެހި ގަތުމުގެ ތަނަވަސްކަން ނެތް ޢާއިލާތަކުގެ ކުދިންނެވެ.

މި ފަހަރުގެ ފިނި މޫސުން ވަރަށް ފިނި، އެހެން ފަހަރުތަކާ އަޅާ ބަލާއިރު. މީހުން އަތަކު ފައިސާއެއްވެސް ނެތް ދަރާއި، ބޯޓު ދެއްޔާއި އުނދުން ގަނެ ހަދާކަމަށް. މީހުންނަށް ވަނީ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފަ. އެހެން އަހަރުތަކާ އަޅާ ބަލާއިރު، މި ފަހަރު ވަރަށް ފިނި.
ޢާމިރު މުޙައްމަދު؛ ދަރު ވިއްކާ އަފްޣާން މީހެއް

މާ ދުރު ނޫން ހިސާބެއްގައި، ޢުމުރުން 30 އަހަރުގެ ސޭޓު، އާޝޫރު ޢަލީ، އޭނާގެ 5 ދަރިންނާއެކު ދިރިއުޅެމުންދަނީ ކޮންކުރީޓް ބިންގަރާހެއްގައެވެ. ހުރިހާ ދަރިންވެސް ތިބީ، ވާ ފިނިން ތުރުތުރު އަޅައަޅައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!