ދުނިޔެ

އަފްޣާނިސްތާނުގައި ސްކޫލް ނިންމާ އަންހެން ކުދިން ޔުނިވަރސިޓީއަށް ވަނުމަށްޓަކައި ހަދަންޖެހޭ އިމްތިހާނު ހެދުން މަނާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގައި ސްކޫލް ނިންމާ އަންހެން ކުދިން ޔުނިވަރސިޓީއަށް ވަނުމަށްޓަކައި ހަދަންޖެހޭ އިމްތިހާނު ހެދުން ތޯލިބާން ވެރިން މުޅިން މަނާކޮށްފިއެވެ. އެގައުމުގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއޔުކޭޝަންއިން އެންމެ ފަހުން ނެރުނު އަމުރު ބުނާގޮތުން، 28 ޖެނުއަރީ ވީ ހޮނިހިރު ދުވަހުން ފެށިގެން ހުރިހާ ޕަބްލިކް، އަދި ޕްރައިވެޓް ޔުނިވަރސިޓީ ތަކަށް ވަނުމަށް ހަދާ ޚާއްސަ ޓެސްޓް ހެދުން އަންހެން ކުދިންނަށް ވަނީ މަނާކޮށްފައެވެ. އަދި އަންހެން ކުދިން ޔުނިވަރސިޓީތަކަށް ވެއްދުން ވަނީ މަނާކޮށްފައެވެ. މިއަމުރާ ޚިލާފްވާ ފަރާތްތަކާމެދު ފިޔަވަޅު އަލަމުން ދާނެކަންވެސް ވަނީ އަންގާފައެވެ.

Ads by Sosun Fihaara

އަޣާނިސްތާންގައި ކޮންމެ އަހަރަކުވެސް ހައިސްކޫލުން ގްރެޖުއޭޓްވާ އެތައް ހާސް ކުދިން ޔުނިވަރސިޓީތަކަށް ވަނުމަށްޓަކައި މި އިމްތިހާނު ހަދައެވެ.

މީގެ ކުރިން އަންގާފައިވާގޮތުގައި ބައެއް ޕްރައިވެޓް ޔުނިވަރސިޓީތަކަށް ކުދިން ވެއްދި ދާނެއެވެ. ނަމަވެސް މިހާރު އެކަންވެސް މިވަނީ މަނާކުރެވިފައެވެ.

އަފްޣާނިސްތާންގައި އަންހެންކުދިންނަށާއި އަންހެނުންނަށް ކިޔެވުމާއި އަދި ވަޒީފާއަދާކުރުމުގައި ކުރިމަތިކުރަމުންދާ ހުރަސްތައް ނައްތާލެވޭތޯ ބެލުމަށްޓަކައި ބައިނަލްއަގުވާމީ އެކި ފަރާތްތަކުންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޔޫއެންއެއިޑްގެ ޗީފް، މާޓީން ގްރިފިތުސްވެސް ދާދި ފަހުން ވަނީ ތޯލިބާންގެ އިސްބައެއް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.

ތޯލިބާނުން މީގެ ކުރިން ވަނީ އަފްޣާނިސްތާނުގެ އަންހެނުން އެންޖީއޯތަކުގައި މަސައްކަތްކުރުންވެސް ހުއްޓުވާފައެވެ. މިއާއެކު އެގައުމުގައި ހަރަކާތްތެރިވަމުން އައި ބައެއް ބޮޑެތި ބައިނަލް އަގުވާމީ އެއިޑް އޭޖެންސީތަކުން ކުރަމުން އައި މަސައްކަތްތައް ވަނީ މެދުކަނޑާލާފައެވެ. މިއާއެކު އެހީގެ ތަކެއްޗަށް ބަރޯސާވާ އެތައްހާސް އާއިލާތަކެއް އިތުރަށް ހާލުގައި ޖެހުމުގެ ބިރުވަނީ ބޮޑުވެފައެވެ.

އަފްޣާނިސްތާނުގައި އަންހެނުންނަށް ދަތިކުރުމުގެ ކަންތައް 2021 ވަނަ އަހަރުގެ އޮގަސްޓް ހިސާބުގައި ވަނީ ފަށާފައެވެ. މިގޮތުން ސެކަންޑަރީ ސްކޫލްތަކަށް އަންހެން ކުދިން ދިއުންވެސް މަނާކުރެވުނެވެ. ގިނަ ބާވަތްތަކެއްގެ ވަޒީފާތަކެއްގައި އުޅުން މަނާކުރެވުނެވެ. މީގެ އިތުރުން ޖިމްތަކަށް ދިއުމާއި ޕާކްތަކަށް ދިއުމުގެ އިތުރުން، އާންމު ފާޚާނާތަކަށް ދިއުންވެސް ވަނީ މަނާކޮށްފައެވެ. އެހެންކަމުން އަފްޣާނިސްތާނުގެ އަންހެނުން ތިބެންޖެހިފައިވަނީ ހަމައެކަނި ގޭގެ ހަތަރު ފާރުގެ އެތެރޭގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!