ޕްރިޔަންކާއާއި ނިކްގެ ދަރިފުޅު ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފި، ފޮޓޯ މިއޮތީ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ދަރިފުޅު މާލްތީ ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފި އެވެ.
އެއް އަހަރުގެ މާލްތީ ވަނީ ޖޯނަސް ބްރަދާޒްގެ ވޯކް އޮފް ފޭމް ސެރެމޮނީގައި އިއްޔެ ބައިވެރިކޮށްފަ އެވެ. ލޮސް އޭންޖެލެސްގައި އޮތް މި ހަރަކާތަށް މާލްތީ ހުރީ ވަރަށް ތައްޔާރުކޮށްފަ އެވެ. އޭނާ ގޮވައިގެން އިނީ މަންމަ ޕްރިޔަންކާ އެވެ.
މިހަރަކާތުގައި ވާހަކަ ދައްކަމުން ނިކް ބުނީ މީގެ 15 އަހަރު ފަހުން އަލުން އެ ސެރެމޮނީއަށް އައިސް މާލްތީގެ ރަހުމަތްތެރިން ކުރިމަތީގައި "ލަދުގަންނަވާލަން" މަޑު ނުކުރެވޭ ކަމަށެވެ. ސަމާސާ މިޒާޖަކަށް އޭނާ ބުނީ މާލްތީ ބޮޑުވެގެން ޖޯނަސް ބްރަދާޒްގެ އެ ހަރަކާތަށް އަންނަތަން ދެކެން ބޭނުންވާ ކަަމަށެވެ.
ނިކްއާއި ޕްރިޔަންކާ އިއްޔެއާއި ހަމައަށް މާލްތީގެ ފޮޓޮއެއްވެސް ސޯޝަލް މީޑިއާއަށް ނުލަ އެވެ. ބައެއް ފޮޓޯގައި މާލްތީ ފެންނަން ހުރިނަމަވެސް މޫނު ހުންނަނީ ފޮރުވައިފަ އެވެ.
[caption id="attachment_175279" align="aligncenter" width="300"]<img class="wp-image-175279 size-medium" src="https://cdn.dhen.mv/wp-content/uploads/2023/01/016-Priyanka-Nick-Malti-300x199.jpg" alt="" width="300" height="199" /> ޕްރިޔަންކާ އޭނާގެ ދަރިފުޅު މާލްތީ މޭރީ އާންމުންނަށް ދައްކައިލި ފުރަތަމަ ހަފްލާގެ ތެރެއިން[/caption]
އުމުރުން 30 އަހަރުގެ ނިކްއާއި އޭނާގެ 40 އަހަރުގެ އަންހެނުން ޕްރިޔަންކާ މާލްތީ ހޯދީ ސަރޮގެސީ މެދުވެރިކޮށެވެ.
ނިކްއާއި ކައިވެނިކުރުމަށްފަހު ޕްރިޔަންކާ ދިރިއުޅެނީ އެމެރިކާގަ އެވެ. މިހާރު އޭނާ ބޮލީވުޑް ފިލްމުތަކުންވެސް ފެންނަނީ ވަރަށް މަދުންނެވެ. އެންމެ ފަހުން ޕްރިޔަންކާ ފެނުނީ ހިންދީ ފިލްމު "ދަ ވައިޓް ޓައިގާ" އިންނެވެ. އޭގެ ފަހުން ހިންދީ ފިލްމަކުން ނުފެނުނު ނަމަވެސް ހޮލީވުޑް ފިލްމު "ދަ މެޓްރިކް ރިޒަރެކްޝަންސް" އިން ޕްރިޔަންކާ ފެނުނެވެ.
މިހާރު އޭނާ ދަނީ ހޮލީވުޑް ފިލްމު "ލަވް އެގެއިން" ގެ ޝޫޓިންއަށް ތައްޔާރުވަމުންނެވެ. މިއަހަރު އޭނާ އަދި ހިންދީ ފިލްމަކަށް ސޮއެއް ނުކުރެ އެވެ.







ކޮމެންޓް