ބޮލީވުޑް މުނިފޫހިފިލުވުން

އާލިއާ، ކެޓްރީނާ އަދި ޕްރިޔަންކާ އެކީގައި ފެންނަ ފިލްމު ފަށަނީތަ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

2021 ވަނަ އަހަރު އިއުލާން ކުރި "ޖީ ލޭ ޒަރާ" ފެށުމަށް ތައްޔާރުވަމުން ދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

Ads by Sosun Fihaara

ބޮލީވުޑް ފިލްމުތައް ލިޔުމުގައި މަޝްހޫރު ޒޯޔާ އަކްތަރާއި ރީމާ ކާގްތީ ލިޔާ މި ފިލްމަކީ ފަރްހާން އަކްތަރު ޑައިރެކްޓު ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މިއީ "ޑޯން 2" އަށްފަހު ފަރްހާން ޑައިރެކްޓު ކުރާނެ ފުރަތަމަ ފިލްމެވެ.

ކުރިން އަޑު ފެތުރުނު ގޮތުންނަމަ "ޖީ ލޭ ޒަރާ" ގެ ލީޑް ރޯލުން ފެންނާނީ ކެޓްރީނާ ކެއިފް، އާލިއާ ބަޓްގެ އިތުރުން ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އެވެ. މިކަން ޕްރިޔަންކާ ވަނީ މީޑިއާތަކަށް ކުރިން ކަށަވަރުވެސް ކޮށްދީފަ އެވެ.

މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތް ފަށައިފި އެވެ. އެހެންނަމަވެސް ސީދާ ޝޫޓިން ފަށާނެ ތާރީހެއް އަދި ނޭނގެ އެވެ.

އެކްސެލް އެންޓަޓެއިންމެންޓުގެ ބެނާގެ ދަށުން އަންނަ މި ފިލްމުގެ މަޝްވަރާތަކަށް އާލިއާ އާއި ކެޓްރީނާ، ޒޯޔާގެ ގެއަށް ދިޔަކަމަށް ވާހަކަ ދެކެވެ އެވެ. މި ބައްދަލުވުން ނިންމާފައި ދެތަރިން ނިކުންނަ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ރަސްމީކޮށް އެއްވެސް ކަމެއް ކަށަވަރުވެފައި ނުވާއިރު މިފިލްމުގެ ޝޫޓިން ފެށެން އަދި ދުވަސް ނަގާނެ ކަމަށް ބެލެވެ އެވެ. އެއީ އާލިއާ ވިހައިގެން އަދި މާ ގިނަ ދުވަހެއް ނުވާތީ އާއި އޭނާގެ ހަށިގަނޑުވެސް އަލުން ޝޭޕް ކުރުމަށް ދުވަސް ނަގާނެތީ އެވެ. ކުރިން މީޑިއާތަކުން ރިޕޯޓު ކުރިގޮތުންނަމަ އާލިއާ އެންމެ އަވަހަށްވެސް ފިލްމެއް ކުޅޭނީ މިއަހަރުގެ ފަހުކޮޅެވެ.

މިފިލްމުގައި ފިރިހެން ލީޑްރޯލު ކުޅޭ އެކްޓަރުން މިހާތަނަށް ކަށަވަރެއް ނުވެ އެވެ. އެހެންނަމަވެސް އެއް ރޯލުން އިޝާން ކައްޓަރު ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"ޖީ ލޭ ޒަރާ" އަކީ ވަރަށް ބޮޑު ހައިޕެއް ބޮލީވުޑްގައި އުފައްދާފައި އޮތް ފިލްމެކެވެ. އެެހެންކަމުން މިފިލްމު ފެށުން ވެގެންދާނީ ބޮލީވުޑް ސަޕޯޓަރުންނަށް ވަރަށް ބޮޑު އުފަލަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!