ބޮލީވުޑް މުނިފޫހިފިލުވުން

ކިއާރާއާ ސިދާތުގެ ކައިވެނި ހަފްލާގެ ކާ އެއްޗެހީގެ މެނޫ މިއޮތީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެކްޓަރު ސިދާތު މަލޯތުރާ އާއި ބަތަލާ ކިއާރާ އާދުވާނީ

މިއަދުގެ ވަގުތެއްގައި ކައިވެނި ކުރަން ތައްޔާރުވެފައިވާ ބޮލީވުޑް އެކްޓަރު ސިދާތު މަލޯތުރާ އާއި ކިއާރާ އާދުވާނީގެ ކައިވެނި ހަފްލާއަށް ސަޕޯޓަރުންގެ ލޯތައް ވަނީ ހުއްޓިފައެވެ.

Ads by STELCO

މިހާތަނަށް އެނގުނު ތަފްސީލުތަކަށް ބަލައިލާއިރު ކައިވެނި ހަފްލާ ބާއްވަނީ ޖެއިސަލްމޭރްގައި ހުންނަ ސޫރްޔަގަރް ގަނޑުވަރުގައެވެ. ހުވަފެނީ ހަފްލާއެއްގޮތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ހަފްލާއަށް ދައުވަތު ދީފައިވަނީ ގާތް ރަހުމަތްތެރިންނާއި ދެ ފަރާތުގެ އާއިލާއަށެވެ.

ކައިވެނީގެ ހަފްލާތަކުގެ ތެރެއިން ހަލްދީ ރަސަމް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދު އޮތީ ކައިވެނީގެ ހަފްލާ އެވެ. ކައިވެނީގެ ހަފްލާއަށް ވަނީ ހާއްސަ ކާ އެއްޗެހީގެ މެނޫއެއް ތައްޔާރުކޮށްފައެވެ.

އެގޮތުން އޭގައި ހިމެނެނީ ދާލް ބާޓީ ޗޫރްމާގެ އިތުރުން 5 ވައްތަރެއްގެ ބާޓީ އާއި 8 ވައްތަރެއްގެ ޗޫރްމާ އެވެ. މީގެ އިތުރުން ރާޖަސްތާނީ އަދި ޕަންޖާބަށް ހާއްސަ ކެއުންތައް ތައްޔާރު ކުރާނެއެވެ.

އެހެން ކައުންޓަރުތަކުގައި އިޓާލިއަން، ޗައިނީޒް، ތައި އަދި ކޮރިއަން ކެއުންތައްވެސް ހުންނާނެއެވެ. ހަމައެއާއިއެކު 20 ވައްތަރެއްގެ ފޮނި އެއްޗެހި ހުންނާނެއެވެ.

މި ހަފްލާގައި ހާއްސައީ ކާއެއްޗެހި އެކަންޏެއް ނޫނެވެ. ލަވަކިޔުންތެރިންނާއި ބައެއް ނެށުންތެރިންގެ ހުށަހެޅުންތައްވެސް ހަފްލާއަށް ވަނީ ތައްޔާރު ކުރެވިފައެވެ.

ކައިވެންޏަށްފަހު ސިދާތުއާއި ކިއާރާގެ ރިސެޕްޝަން ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ބޮލީވުޑްގައި މަސައްކަތް ކުރާ ފަރާތްތަކާއި އެހެނިހެން ރަހުމަތްތެރިންނަށް ހާއްސަ ހަފްލާ އެކެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކަރަން ޖޯހަރު، ޝާހިދު ކަޕޫރު، މީރާ ރާޖުޕޫތު އަދި އަރްމާން ޖައިން މިހަފްލާގައި ބައިވެރިވާނެ

އެވެ. މީގެ އިތުރުން އިންޑިއާގެ މަހުޖަނު ގޯތަމް އަމްބާނީގެ ދަރި އިޝާ އަމްބާނީއަށްވެސް ވަނީ މި ހަފްލާއަށް ދައުވަތު ދީފައެވެ. އިޝާ އަކީ ސްކޫލު ދުވަސްވަރުން ފެށިގެން ކިއާރާގެ ރަހުމަތްތެރިއެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!