މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިންނަށް އަނިޔާލިބުމަކީ ކަންބޮޑުވުމެއް: އެމްޖޭއޭ
މުޒާހަރާ ކަވަރު ކުރަމުންދިޔަ ޗެނަލް13ގެ ދެ ނޫސްވެރިޔަކަށް ފުލުހުންގެ ފަރާތުން އަނިޔާވެފައިވާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯޝިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޖޭއޭ އިން ވިދާޅުވީ މީޑިއާ ފާސް އަޅައިގެން ތިބި ވީޑިއޯގްރާފަރާއި ފޮޓޯޖާނަލިސްޓަށް ފުލުހުންގެ ޝީލްޑުން ޖެހި އަނިޔާވެފައިވާއިރު, ޕެޕާސްޕްރޭގެ އަސަރު ވެސް އެމީހުންނަށް ވަނީ ކޮށްފައިކަމަށެވެ.
"އޭގެ ތެރެއިން އެއް ނޫސްވެރިއަކަށް މި ވަގުތު ގެންދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އެހެންކަމުން, މުޒާހަރާތައް ރޫޅާލުމާއި ބާރުގެ ބޭނުން ކުރާއިރު ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނަށް ގޮވާލަމެވެ." އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނެްއގައި ވިދާޅުވިއެވެ.
މީގެއިތުރުން މުޒާހަރާގެ ބައިވެރިންގެ ފަރާތުން ވީޓީވީގެ ނޫސްވެރިއަކަށް ފުރައްސާރަ ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ވެސް މިއަދު ވަނީ ލިބިފައިކަމަށާއި މިފަދަ އަމަލުތައް ޖަމިއްޔާއިން ކުށްވެރިކުރާކަމަށް އެޖަމިއްޔާއިން ވަނީ ވިދާޅުވެފައެވެ.. އަދި އެމްޖޭއޭއިން އަބަދުވެސް ގޮވާލަނީ ނޫސްވެރިންނަށް ރައްކާތެރި މާހައުލަކަށް ކަމަށްވެސް އެޖަމިއްޔާއިން އެ ބަޔާނުގައިވެއވެެ.
މުޒާހަރާ ކަވަރު ކުރަމުންދިޔަ ޗެނަލް 13 ގެ ނޫސްވެރިންނަށް އަނިޔާވެ މަގުމައްޗައް ވެއްޓިފައިވާ މަންޒަރުތަކެއް ފެންނަ ވީޑިއޯތަކަކާއި ވީޓީވީގެ ނޫސްވެރިއަކަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ފުރައްސާރަ ކުރަމުން ދިޔަ ވީޑިއޯއެއްވެސް މިހާރު ޝޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މަކަރުު ޑުރާމާ
ފިކުރެއްގެ ދިރުން އުވާލާ އެންމެން އެއިން ބޭރުވޭ އެއީ އަނިޔާވެރިކަމަށް ހިތްވަރު ދޭ މީހަކު އިސްކޮށް ހުރެގެން ހިންގާ ހަރަކާތެކޭ މަމެން އަންގަމޭ ބޮޑު ފެންވަޅުގޭ ކުދިން ނަށް އެގޯތިން އެންމެ އަކަ މިލިމީޓަރުގެ ޖާގަ އެއްވެސް ފިކުރެއްގެ ދިރުމަށް ނުދޭން ތިޔާއީ އަނިޔާވެރިއަކު އިސްކޮށް ހުރެގެން އޭނާގެ އަނިޔާވެރިކަން ތަރައްގީ ކުރަން އޭނާ ކުރާ ކަމެކޭ ކާކަށްތަ އިނގޭނީ ކުރަން ހިތުލަފާ ވަތަންގެ ވަކީލުން ހެދުން ވީދާ ކުދި ކުދި ކޮށްލާ އެމެން ނަގާ މަޖްލީހުގެ އިދާރާ ތެރޭ ފާރުފަޅާލާ އެމެން ހޫރާލީއޭ މަޖްލީހުގެ އިދާރާ ތެރޭން ބޭރަށް މަޖްލީހުގެ އިދާރާ އަކީ އެއީ ކެނެރީގެ ނަޝީދާއި ރައީސް އިބޫ ތި ދެޅާގެ އަމާ ބަފާ ތަރިކަ މުދަލެއް ނޫނޭ އެގޮތަށް ކަންކަން ނުކުރެވޭނެއޭ ތަމެން ކެނެރީގެ ނަޝީދު ދެން ދެފައި ދަނޑިއަށް ސީލަބަލަ ސީލާ ސީލާ ސީލާ ސީލާ….