މަޖިލިސް ކުރިޔަށް ގެންދަނީ ވަރަށް ޒާތީކޮށް: ނިހާދު

ރައްޔިތުންގެ މަޖިލިސް ކުރިޔަށް ގެންދަނީ ވަރަށް ޒާތީކޮށް ކަމަށްފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގައި ޕީޕީއެމް/ ޕީއެންސީގެ މެމްބަރުން އަޑުގަދަކޮށް ހަޅޭލެވިޔަސް އެކަން މައްސަލައަކަށް ނުވާ ކަމަށެވެ.
“އެކަމަކު އެހެން މެމްބަރަކު ގޮނޑީގަ އިދެ އެއްޗެއް ބުންޏަސް ރިޔާސަތުން އިންޒާރުދީ ބިރު ދައްކާ، ބަސް ބުނަން ފުރުސަތެއް ވެސް ނުދޭ” ނިހާދު ވިދާޅުވިއެވެ.
ނިހާދު މިފަދައިން ވިދާޅުވެފައިވާއިރު 2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު އިދިކޮޅު މެމްބަރުން ވަނީ މަޖިލީސް ތެރޭގައި އަޑުގަދަކޮށް އިހްތިޖާޖްކޮށްފައެވެ.
ނިހާދުބޭ ތިތަނަށް ދާހާ ހިނދަކު ތިހެން ސޯޓް ބޭލޭނެ ބަލަ ކަލޭމެން މަޖލިސތެރޭގަ އުޅުނުގޮތް އެހެރީ މިހާރުވެސް ފެންނަން ރިޔާސީ ބަޔާނަކަށް އެންމެ ފުރަތަމަ ދުއް÷ާންޖެއްސީވެސް ތިމަޖިލީހުގަ ތިބޮޑު ގުނާއިނނޭ