ޚަބަރު

އިންޑިއާ އައުޓް ކެންޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ސަމަދުބެ އިންޑިއާއިން ޑީޕޯޓްކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބެންގަލޫރަށް ގޮސް ހުއްޓާ، ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) ޑީޕޯޓްކޮށްލައިފިއެވެ.

Ads by STELCO

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަމަދުބެ އިންޑިއާއަށް ގޮސްފައިވަނީ ބޭސްފަރުވާއަށް އާއިލާއެކުގައެވެ. ސަމަދުބެގެ އާއިލާއަށް އިންޑިއާގައި ބޭސްފަރުވާގެ ހުއްދަދިން ނަމަވެސް ސަމަދުބެ މިއަދު ޑީޕޯޓްކޮށްލަން ނިންމާފައިވާކަން ވަނީ އިނގިފަައެވެ. ސަމަދުގެ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓާ ކަމަށް ޕީޕީއެމްގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކުރެއެވެ،

ސަމަދުބެއަކީ އިދިކޮޅުން ހިންގަމުން އަންނަ އިންޑިއާ އައުޓް ކެންޕެއިންގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. އެގޮތުން އިންޑިއާގެ ހައި ކޮމިޝަނަރު އުޅުއްވާ ގެކޮޅު ކައިރީ ކުރި ބައެއް މުޒާހަރާތަކުގައި ވެސް ސަމަދުބެ އިސް ސަފުގައި ހަރަކާތްތެރިވެފައިވެއެވެ. ބައެއް މުޒާހަރާތަކުން ސަމަދުބެ ފުލުހުންގެ ހައްޔަރަށް ވެސް ގެންދެއެވެ.

އިންޑިއާއާ ދެކޮޅަށް އަޑު އުފުލާ ސިޔާސ ފަރާތްތައް އެ ޤައުމުން މީގެ ކުރިން ވެސް ޑީޕޯޓްކުރެއެވެ. މިގޮތަށް ސިޔާސީ ވާހަކަ ދައްކާ ފަރާތްތައް ޤައުމަށް ނާރުވާ އަނބުރާ ފޮނުވާލާ ނަމަވެސް، އެ ފަރާތްތަކުގެ އާއިލާއަށް ބޭސްފަރުވާއަށް ހުރަހެއް ނާޅައެވެ. އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށް ދަތުރު ކުރަމުން އަންނަ ޤައުމެކެވެ.

އިންޑިއާ އައުޓް ކެންޕެއިން ފުރަތަމަ ފަށާފައިވަނީ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ކަމަށް ބުނެއެވެ. ނަމަވެސް ހަރަކާތް ފުޅާވެގެން ގޮސް، އިންޑިއާއަށް މީހުން ނުދިއުމަށް ގޮވާލުމާއި، ރާއްޖޭގައި އުޅޭ އިންޑިއާ ޓީޗަރުންނާއި މުދައްރިސުންނަށް ވެސް ފުރައްސާރަވަނީ ކުރިމަތިވެފައެވެ.

އިދިކޮޅުން އިންޑިއާއާ ދެކޮޅަށް ހިންގަމުން އަންނަ އިންޑިއާ އައުޓް ކެންޕެއިން ހަރަކާތަކީ ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ބުނެ ސަރުކާރުން އެ ކެންޕެއިން ވަނީ ހުއްޓުވާފައެވެ. އެއާއެކު، އިދިކޮޅުގެ ކެންޕެއިން މިހާރު ވަނީ ވަރަށް ބޮޑަށް މަޑު ޖެހިފައެވެ.

  1. ޢަހުމަދު

    ހުންނާނީ ރާކަނިމަސް ކެވިފައި . ލޮލް

    • ޗޯރު އިބޫ

      އެގޮތައް އެކަންކުރާނަމަ ދިވެހި ފަސްގަޑުގަތިބި އިންޑިޔާ އާލާތުންވެސް ބާލަންޖެހިދާނެ

      • ބަރުމީހާ

        ނުބޭލޭނެ ތީހުވަފެނެއް، ވަރަށް ވެދުން

  2. ޢުސްރާޣް

    މިކަމުގައި އިންޑިޔާއިން އަމަލުކުރީ ރަނގަޅަށް. ޢިންޑިޔާގެ ހަތުރަކަށް އިންޑިޔާޢަށް އެރިގެން ނުވާނެ.

  3. ދެނޯ

    ކޮންމެ ގައުމެއްގެ ވެސް ކަރާމަތަކާ، އަބުރެއް އޮންނާނެ، އެކަންކަމަށް އަރައިގެން އުޅެފައި، އެގައުމަކަށް ދިޔާމަ އެމީހަކީ އެގައަށް އަރަން އެގައުމު ބޭނުން ނުވާ، އެގައުމަކަށް ނުރައްކާތެރި މީހެއްކަމަށް ބެލިދާނެ

  4. ޢަރުޝި

    ދިވެހި ސަރުކާރުން މިފަދަ ކަނކަމުގާ އިންޑި އާ އަށް ގުޅައިގެން ބޭސް ކުރެވޭނެ ގޮތް ހަމަ ޖައްސަން ޖެހޭނެ.

  5. އަލިހޮއްކޮ

    މިއުޅެނީ މި ފެންވަރުގެ މީހުންނެވެ. އިންޑިޔާ އައުޓް ގޮވާ، ހަޅޭއްލަވާ،، ޓީސާޓް ލައިގެން ތެޅިތެޅިފައި ކަމެއް ދިމާވާއިރަށް އިންޑިޔާއަށް! ލަދުހަޔާތޭ މިކިޔާ އެއްޗެއްވެސް ނެތީއެވެ.

  6. އަލީ ރިޒާ

    އިންޑިއާ އައުުޓު ގޮވާފަ ޖެހޭ ތަ އިންޑިއާ އަށް ބޭސް ފަރުވާ އަށް ދާން މިހާރު ހުންނާނީ ރަނގަޅައް ބޭސް ފަރުވާ އިންޑިއާ އިން ކުރެވިފަ ދެން ލަލަލާާ

  7. ގައުމު

    އިންޑިއާއައުޓު ކެމްޕޭނަކީ ކޮބައިކަން އެއީ ކޮން މާނައެއްގައި ކުރާކަމެއްކަން މިޚަބަރު ލިޔުނު މީހާއަށް ނޭންގޭތީ ނޫނީ ނޭންގޭ ކަމަށް ހަދަތީ ހިތާމަހުރި. އިންޑިއާ އައުޓު ހަރަކާތް ހިންގިޔެއް ކަމަކު ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަކަށް ދުއްޕާނެއް ނުކުރޭ ކުރާނެ ނަމަ މިތާ އޭގެ އެކަކަށް ވެސް ނޫޅެވުނީސް. ކަލޭމެން ނޫސްވެރިން ސައިޒްވެބަލަ އަމިއްލަޔަށް. އަމިއްލަ އުފަން ގައުމަށް މާނަވީ ގޮތުން ވެސް ޣައްދާރު ވާކަށް ނުވާނެ.

  8. ރަންނަ

    ކޮބާ އައުޓެއް ނުވޭ؟

  9. އިބްރާހިމް

    އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ނޭދޭ ދިވެހިން އިންޑިއާގައި ހައްހަރުކޮށް އަދަބުދެނީ ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެކީގައެވެ.

  10. ޑިމޮކްރަސީ

    ޑިމޮކްރަސީ ކައިގެން ތިބި މީހުންގެ ޑިމޮކްރެޓިކް އުޞޫލްތައް ފެންނަނީ ޖާހިލިއްޔަ ޒަމާނުގަވެސް ނުފެންނަވަރަށް

  11. މޯލްޑިވިއަން

    ހުންނާނީ އަތަދިޔަ ބޮވިފަ…