މެދުއިރުމަތި ދުނިޔެ

ތުރުކީ-ސީރިއާ ބިންހެލުން: މަރުވި މީހުންގެ ޖުމްލަ 34000 ފަހަނައަޅައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 34.000 އިން މައްޗައް ގޮސްފިއެވެ. އެންމެފަހުގެ މައުލޫމާތު ތަކަށް ބަލާލާއިރު ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 34،179 އަށް ވަނީ އަރައިފައެވެ.

Ads by Sosun Fihaara

ތުރުކީގެ އިމަޖެންސީ ކޯޑިނޭޝަން ސެންޓަރު ސަކޮމް އިން ބުނީ ތުރުކީގައި މަރުވި މީހުންގެ އަދަދު 29،605 އަށް އަރާފައިވާ ކަމަށެވެ. އަދި ސީރިއާގައި މަރުވި މީހުންގެ އަދަދަކީ 4،574 އެވެ. އެ އަދަދުގެ ތެރޭގައި ސީރިއާގެ ހުޅަނގު އުތުރުގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި ވާ ސަރަހައްދުތަކުގައި 3،160 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށް ސެލްވޭޝަން ގަވަމެންޓް ގަވަނަންސް އޮތޯރިޓީގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އެންމެފަހުގެ މައުލޫމާތުތަކަށް ބަލާލާއިރު 10 އަހަރުގެ އަންހެން ކުއްޖަކު 147 ގަޑިއިރު ފަހުން ވަނީ ސަލާމަތްކޮށްފައެވެ. އިމާރާތްތަކުގެ ދަށުން ދިރިތިބި މީހުން ފެނުމުގެ އުއްމީދު ފަނޑުވަމުން އަންނަ އިރު ސަލާމަތުން ތިިބި މީހުން ފެނުމަކީ މިހާރު ނާދިރު ކަމެއްކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ހުއްޓާނުލައި ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!