Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރަން އޭޖީއަށް ބިލެއް

މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރަން އޭޖީއަށް ބިލެއް

މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ބިލު ލަހެއް ނުވެ މަޖިލީހަށް އަންނާނެ ކަމަށެވެ. ގަދަކަމުން ޒަކާތް ނެރެވޭނެ ގޮތެއް ނޯންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަން އޮންނަނީ އިޙްތިޔާރީ ކަމެއްގެ ގޮތުގައި ކަމަށެވެ.

"ޒަކާތް ދެއްކުން މި އޮންނަނީ އިހުތިޔަރީ ކަމެއްގެ ގޮތުގައި. އެއްވެސް ބޭފުޅެއްގެ އަތުން ގަދަކަމުން ނެގޭ އުސޫލެއް ނުއެއްއޮވޭ." މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ. މިނިސްޓަރު ޒާހިރު ވިދާޅުވި ގޮތުގައި ޒަކާތް ދައްކަނީ ބޭނުންވާ މީހެއް ކަމަށާއި، މިހާރު އޮންނަ އުސޫލަކީ ޒަކާތް މީހަކު ދައްކައި، މީރާއަށް ހުށަހެޅުމުން، ޖީއެސްޓީގެ ގޮތުގައި ދަޢުލަތަށް  ދައްކަންޖެހޭ ބައި އުނިކުރުމަށްފަހު ބަލައިގަތުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އުސޫލުގެ ތެރެއަށް އެކަން ހިމެނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ޒާހިރު އިތުރަށް ވިދާޅުވީ ޒަކާތު ފައިސާއިން ދައުލަތަށް އެއްވެސް ވަރެއް ދެވިފައިނުވާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)
     

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް