ނޮޅިވަރަމް ޓާފުތަކުގައި އަނެއްކާވެސް ރޯކޮށްލައިފި

ހދ ނޮޅިވަރަމް ބޯޅަ ދަނޑުގައި އަޅަން ގެންގޮސްފާހުރި ޓާފު ތަކުގައި އަނެއްކާވެސް ރޯކޮށްލައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނޮޅިވަރަމް ޓާފްތަކުގައި ރޯކޮށްލާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާގައި ޓާފްތަކުގެ ބޮޑުބައެއް ވަނީ ހަލާކުވެފައެވެ.
ޔޫތު މިނިސްޓްރީން ޓާފް އަޅަން ތައްޔާރުވެފައިވަނިކޮށް، ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި މިދިޔަ މަހުގެ 31ވަނަ ދުވަހުވެސް ބަޔަކު ވަނީ ރޯ ކޮށްލައިފައެވެ.
އޭރު ރޯކޮށްފައިވަނީ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން އެންމެ ތިން ދުވަހަށް ވެފައިވަނިކޮށެވެ.