އަބަދު ޕާޓީ އޮންނަންވާނީ މަގުމަތީގައެއް ނޫން: ރިޔާޒް

ޖުމްހޫރީ އަބަދު ޕާޓީ އޮންނަންވާނީ މަގުމަތީގައި ނޫން ކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން މިމަހު ބާއްވާ އެޕާޓީގެ 4ވަނަ ޤައުމީ ކޮންފަރެންސްއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރިޔާޒް ވިދާޅުވީ މި ކޮންގްރެސް ވެގެންދާނީ ޕާޓީގެ މުސްތަގްބަލް އިތުރަށް ހަރުދަނާވެގެންދާނެ ކޮންގްރެސްއެއް ކަމަށެވެ.
“އަޅުގަނޑުމެން މިއަދު ކަމެއް ނުކޮށް މިތިބެނީ އަޅުގަނޑުމެންގެ ކެޕޭސިޓީއެއް ނެތީމައެއް ނޫން. އެކަން ކުރުމުގެ ވަސީލަތެއް ނެތީމައެއްވެސް ނޫން. ޖުމްހޫރީ ޕާޓީ ގަބޫލުކުރާގޮތުގަ އަބަދު ޕާޓީ އޮންނަންވާނީ މަގުމަތީގައެއް ނޫން” ރިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންނަށް އެންމެ ކަންބޮޑުވެފަ ހުންނަ ކަންތައްތަކުގައި އަބަދުވެސް ޖުމްހޫރީ ޕާޓީން ވަކާލާތު ކުރަމުންދާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ރާއްޖެއަށް ބޮޑެތި ހެޔޮ ބަދަލުތައް ގެނެސްދެއްވި ޕާޓީއެއް ކަމަށާއި އަދި ކުރިޔަށް ކުރަން ހުރި ކަންތައްތަކުންވެސް ރައްޔިތުންނަށް އުންމީދު އާވެގެންދާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.






ކޮމެންޓް