ސަފާރީއެއްގައި ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެ

ސަފާރީއެއްގައި ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ ބަލަން ޖެހޭކަންކަން ބަލަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިނުވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ރޭޕްކުރި އަންހެން މީހާގެ އަތުގައި ހުރި ފައިސާތައް ވެސް ވަނީ ވަގަށް ނަގައިފައެވެ.
މީގެ ކުރިންވެސް ސަފާރީއެއްގައި ކެންޔާގެ ޒުވާން އަންހެނަކު ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މުޚައްމަދުގެ ފިރިކަލުންގެ މައްޗަށް ވަނީ ދަޢުވާ ވެސް ކޮށްފައެވެ.
މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދަޢުވާކޮށްދޭން ފުލުހުން ވަނީ ޕީޖީ އޮފީހަށް ހުށަހަޅައިފައެވެ. އެހެންނަމަވެސް ޖީހާންގެ ފިރިކަލުން އަބްދުﷲ ޝާން ފިޔަވައި ދެން ތިބި ދެމީހުންގެ މައްޗައް ހެކި ނެތުމުން، މައްސަލަ ވަނީ އަނބުރާ ފޮނުވައިލަައިފައެވެ.