ޚަބަރު އިޖުތިމާޢީ

ފިހާރައެއް ތެރޭގައި ވަޅިޖެހި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މާރާމާރީ ހިންގި ފިހާރަ ކަިއިރީގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ/ އަވަސް

މާލޭގެ ފިހާރައެއްގެ ތެރޭގައި މާރާމާރީ ހިންގި މައްސަލައިގައި ރޭ ދަންވަރު ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ، މިމައްސަލައިގައި ހައްޔަރު ކުރި އުމުރުން 20 އަހަރުގެ މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވާކަމަށާއި މިމައްސަލަ ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ވަޅިޖެހުމުގެ ސަބަބުން ޒަހަމްވި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާލޭގައި ގޭންގު ކުށްތައް ކުރުން މިދުވަސްވަރު އިތުރުވެފައިވާއިރު މި މައްސަލަތަކާއި ބެހޭގޮތުން ރޭ ޕީއެސްއެމް ގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ވިދާޅުވީ މިހާރު މާލޭގައި ހިންގަމުން އަންނަ މާރާމާރީތަކަކީ މިދިޔަ ޖެނުއަރީމަހުގެ 16 އިން ފެށިގެން ސިލްސިލާކޮށް ހިންގަމުން އަންނަ މާރާމާރިތަކެއްކަމަށެވެ.

އަދި މިފަދަ ކުށްތައް ހުއްޓުވުމަށް އިތުރު ފިޔަވަޅެއްގެގޮތުން ހެލްމެޓް އެޅުން ލާޒިމް ނުކުރާ ސަހަރައްދުތަކުގައި ހެލްމެޓު އަޅައިގެން އުޅޭ މީހުންނަށް ފާރަވެެރިވެ ބަލައި ފާސްކުރުމަށް ފުލުހުން ވަނީ ފަށައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!