Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހުކުރު މިސްކިތުގެ މަހާނަ ގާތަކަށް ގެއްލުންވާތީ ގަސްތައް އެހެން ތަނަކަށް ބަދަލުކުރަނީ

ހުކުރު މިސްކިތުގެ މަހާނަ ގާތަކަށް ގެއްލުންވާތީ ގަސްތައް އެހެން ތަނަކަށް ބަދަލުކުރަނީ

މާލޭ ހުކުރު މިސްކިތުގެ މަހާނަ ގާތަކަށް ގެއްލުންވާތީ، އެތަނުގެ ގަސްތައް އެހެން ތަނަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ތާރީހާއި ސަގަފަތާ ބެހޭ މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވީ މާލޭ ހުކުރު މިސްކިތުގެ ދެކުނު ފަރާތަށްވާ ގޮތަށް ހުރި ގަސްތަކުގެ ސަބަބުން ޤަބުރުސްތާނުގެ މަހާނަ ގައުތަކަށް އެކި ވަރުގެ ގެއްލުން ލިބެމުންދާތީ ގަސްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އެ މަރުކަޒާއި އެޗްޑީސީއާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ގަސްތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ގެ ހިޔާ ޓަވަރ ޕާރކް އަށް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް