ދުނިޔެ

ގްރީސްގައި ދެ ރޭލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ގިނަ ބަޔަކު މަރުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ގްރީސްގެ ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 32 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

Ads by Sosun Fihaara

ގްރީސްގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ލާރިސާ ކައިރިން 350 މީހުންނާއެކު ދަތުރުކުރި ޕެސެންޖަރު ރޭލަކާއި މުދާ އުފުލާ ރޭލެއް ޖެހި ހިނގި މިއެކްސިޑެންޓެއްގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު އެތެންސް އިން އުތުރުގެ ސިޓީއެއް ކަމަށްވާ ތެސަލޮނިކީއަށް ދަތުރުކުރަމުންދިޔަ ފަސިންޖަރު ރޭލަކާއި ތެސަލޮނިކީން ދަތުރުކުރި ކާގޯ ރޭލެއް ޖެހިގެންނެވެ.

އެކްސިޑެންޓުގައި ދެ ރޭލު ޖެހުމައެކު ގަދަ އަޑަކާއެކު ބޮޑު އަލިފާންގަނޑެއްވަނީ ރޯވެފައެވެ.

ތެސާލީގެ ރީޖަނަލް ގަވަރުނަރު ކޮންސްޓަންޓިނޯސް އަގޯރަސްޓޮސް ވިދާޅުވީ، މި އެކްސިޑެންޓުގައި ޕެސެންޖަރު ރޭލުގެ ފުރަތަމަ ހަތަރު ކެރެޖް ފަޅައިގެން ގޮސްފައިވާ ކަމަށާއި އަލިފާން ރޯވި ފުރަތަމަ ދެ ކެރެޖް "ގާތްގަނޑަކަށް މުޅިން ހަލާކުވެފައިވާ" ކަމަށެވެ.

އަދި އެކްސިޑެންޓުގައި ރޭލުތަކުގައި ތާށިވި 250 ވަރަކަށް ފަސިންޖަރުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ބައިނަލް އަގުވާމީ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!