ޚަބަރު

ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ކިޔަވައިދޭ ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

Ads by STELCO

ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނައި ކުރިއެރުން އިއުލާން ކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ މި ގެނެވުނު ބަދަލާއެކު 760 މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި އަހަރެއްގެ މައްޗަށް 62 މިލިއަން ރުފިޔާ ސަރުކާރުން މިކަމަށް ހަރަދުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މޫސަރައަށް ގެނެވުނު މި ބަދަލާއެކު ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރާއަކަށް އިތުރު ގަޑިއާ ނުލައި 29900 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ސީނިއާ ލެކްޗަރާއެއްގެ މުސާރަ އިތުރު ގަޑިއާ ނުލައި 34000 ރުފިޔާއަށް ބޮޑުކޮށްފައިވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަދި އެސިސްޓަންޓް ޕްރޮފެސަރފެ މުސާރަ 39400 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު އެސޯސިއޭޓް ޕްރޮފެސަރގެ މުސާރަ ވަނީ 45000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މި ބަދަލާއެކު ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮފެޝަންގެ ތެރޭގައި ހިމެނޭ އެސޯސިއޭޓް ލެޗްޗަރުންނަށް މިހާރު ލިބޭ 14700 ރުފިޔާ އިން 26000 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ. ލެކްޗަރުންނަށް ލިބޭ މުސާރަ 29000 ރުފިޔާއަށް އަދި ސީނިއަރ ލެކްޗަރެއްގެ މުސާރަ 34000 ރުފިޔާއަށް ބަދަލުވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ads by Ooredoo
  1. ޝަރަފް

    މުސާރަ ބޮޑުވި އިރު ބޮޑުވެގެން މިދަނީ ވެރިންގެއާ އްކެޑެމިކް މަގާމުތަކަށް އެކަނި. ދެން ތިބި މީހުން ތިބެންވީ ހަމަ އެކަނި ޝަރަފަށް ދޯ؟ ޝަރަފު ބޭނުން ކޮށްގެން ކިޙާ ބިލެއް ދެއްކޭނެބާ؟

  2. ނާޢިންސާފުވެރިކަން

    މަސައްކަތެއްކުރާކަމަށް މި ވަނީ ތަނުގެ ބޮޑުންގެ ގޮތުގައި ތިބޭ މީހުން… މި މީހުންނަށް ބޮޑުކުރަންވީމަ ފަނަރަހާހުން ވިހިހާހުން ބޮޑުކުރަން ޖެހޭ… އަދި އެވެސް ވިހި ހާހުން މަތީގަ މުސާރަ އުޅޭ މީހުން… ދެން ތިބި ސްޓާފުންގެ ޙައްޤުތައް ކޮބާ؟ ޓީޗަރުންގެ މުސާރަ ބޮޑުވި ކަމަށް ޓަކާ ތަކެތީގެ އަގު އުފުލުނު، އަނެއްކާ މިމީހުން މުސާރަ ބޮޑުވީމަ އަނެއްކާ ތަކެތީގެ އަގު އުފުލޭނީ… ހުރިހާ ނިކަމެތި ކަމެއް ދެން ތިބި ބަޔަކަށް…