Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

މިރޭ ހަނދު ކައުބަތުﷲ ގެފުޅާއި ސީދާވާނެ

މިރޭ ހަނދު ކައުބަތުﷲ ގެފުޅާއި ސީދާވާނެ

ކޮންމެ އަހަރު އެއް ފަހަރު ފެންނަ އުފާވެރި މަންޒަރެއްކަމުގައިވާ ހަނދާ ގެފުޅު ސީދާވާ މަންޒަރު މިރޭ ފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.

މިރޭ ހަނދު ގެފުޅާ ސީދާ ވާނީ ރާއްޖެ ގަޑީން މެންދަމު 12:43 ގައި ކަމަށް ފަލަކީ ޢިލްމުވެރިން ވިދާޅުވެއެވެ. ހަނދު ހުންނާނީ ގެފުޅުން ފެށިގެން 405,368 ކިލޯމީޓަރު އުހުގައެވެ.

މިދިޔަ އަހަރު ހަނދު ގެފުޅާއި ސީދާވެފައިވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި 2021 ވަނަ އަހަރު މި މަންޒަރު ފެނިގެން ގޮސްފައިވަނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

Advertisement
Allied — Dhen Online (box)

ފަލަކީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ގެފުޅު މަތިން އިރު ދަތުރު ކުރަނީ ކޮންމެ އަހަރެއްގެ ދެފަހަރުއެވެ. އާންމުކޮށް އެއީ މޭ މަހާއި ޖޫން މަހުގެ ދުވަހެއްގައެވެ. މިގޮތަށްވާއިރު ގެފުޅުގެ ހިޔަނި ނުހުންނާނެއެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް