Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ސިލްސިލާ މާރާމާރީތަކެއް ހިންގަން ގޭންގުތަކުން އެބަ ރާވާ: ފުލުހުން

ސިލްސިލާ މާރާމާރީތަކެއް ހިންގަން ގޭންގުތަކުން އެބަ ރާވާ: ފުލުހުން

މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުން ސިލްސިލާ މާރާމާރީތަކެއް ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރޭގައި ވަޅި ޖަހާ މީހަކު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ސިރުޚާން އަލީ، 20އ, ގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ބުނީ މާލޭގައި އިތުރު މާރާމާރީތައް ހިންގަން ގޭންގުތަކުން ރާވަމުންދާކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އިތުރު މާބޮޑު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާ ދީ މީހަކު މަރައިލި މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ސިރުހާން އެކަންޏެވެ. ދެ މީހުން ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭއިރު ދެވަނަ މީހާ އަދި ހައްޔަރެއް ނުކުރެ އެވެ.

Advertisement
Ooredoo — Truecaller (box)

މިދިޔަ މަހު ހިނގި އެ މާރާމާރީގައި ޒަޚަމްވި 30 އަހަރުގެ މުހައްމަދު އަހްމަދު ދީދީ މަރުވީ ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަށް ފިހާރަ ތެރޭގައި ހަމަލާ ދިނުމުގެ ކުރިން ހަމަލާ ދިން މީހުންނަށް ފިލަންވެގެން ދުވެފައި އައިކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފަ އެވެ. ހަމަލާ ދިނީ ސައިކަލެއްގައި ފަހުން އަދި ދެ މީހަކު ފިހާރަ ތެރެއަށް ވަދެ އެވެ.

މި މައްސަލައިގައި ސިރުޚާން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ގާޒީ ވިދާޅުވެފައިވަނީ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖާއި ކްރައިމް ސީން ފޮޓޯތަކާއި އެ ނޫން ވެސް ހެކިތަކަށް ބަލާއިރު، އެކަށީގެންވާ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށެވެ.

އެހެންވެ، ބިރުދެއްކުމާއި ތޫނު ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ގާޒީ ވަނީ ކަނޑައަޅައިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް