ސައުދީން ހަދިޔާ ކުރި ކަދުރު ބަހާނީ މިމަހުގެ 26 އިން ފެށިގެން!

1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު، މިމަހުގެ 26 އިން ފެށިގެން ކުރިއަށް ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި މިމަހުގެ 26 ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކަދުރު ބެހުން ކުރިއަށް ދާނެކަމަށާއި، ކަދުރު ބެހުން އޮންނާނީ އިސްލާމީ މަރުކަޒުގެ ލޮބީގައި ކަމަށެވެ.
އަދި އެމިނިސްޓްރީން ކަދުރު ދޫކުރާނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ރަށު ކައުންސިލުތަކުގެ އިދާރާތަކަށް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކަދުރު ބެހުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 އިން 12:00 އަށް ކަމަށް އެމިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. ކަދުރު ބަލައި ދުރުވާއިރު އައިޑީ ކާޑު ހިފައިގެން ދިޔުމަށްވެސް އެމިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.
މިއަހަރު ސަޢޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ވަނީ ހަދިޔާ ކޮށްފައެވެ. ކަދުރު ހަވާލު ކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީއެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.