މެދުއިރުމަތި ދުނިޔެ

ޒެލެންސްކީ އީޔޫއަށް: ޖެޓުތަކާއި މިސައިލް ފޯރުކޮށްދީ، ނޫނީ ހަނގުރާމަ އަހަރުތަކަކަށް ދެމިގެންދާނެ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ޔޫކްރެއިން ރަޝިއާގެ ހަނގުރާމަ އިތުރަށް ދިގުކުރަން ބޭނުން ނުވާކަމަށް ވަނީ ނަމަ ހަނގުރަމާމަތީ ޖެޓުތަކާއި މިސައިލްތައް ޔޫކްރޭނަށް ފޯރުކޮށްދިނުމަށް އެގައުމުގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ ޔޫރަޕިއަން ޔޫނިއަނަށް ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

ޔޫކްރެއިންގެ ދެކުނު އަދި އިރުމަތީ ސަރަހައްދުގެ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ސަރަހައްދުތަކަށް ކުރެއްވި ތިން ވަނަ ދަތުރުފުޅަށް ފަހު އަނބުރާ ކިޔޭވްއަށް ދަތުރުކުރެއްވި ރޭލުގައި ހުންނަވާ ޒެލެންސްކީ ވަނީ ވީޑިއޯ ލިންކް މެދުވެރިކޮށް ބްރަސަލްސްގައި ބޭއްވި ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުންގެ ސަމިޓެއްގައި ތަގުރީރު ކުރައްވާފައެވެ. މިތަގްރީރުގައި އޭނާ ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުންނަށް އަންގަވާފައި ވަނީ ޔޫކްރޭންގެ ސިފައިންނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުން އިތުރުކުރުމަށާއި ހާއްސަކޮށް ޖެޓް ފައިޓަރުންނާއި ދުރު ރާސްތާގެ މިސައިލް ސިސްޓަމްތައް ފޯރުކޮށްދިނުމަށެވެ. އެހެން ނޫންނަމަ އެތައް އަހަރެއް ވަންދެން ދިގުދެމިގެންދާ ހަނގުރާމައަށް ތައްޔާރުވާން ޖެހޭ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ހަރުކަށި ބަހުން ތަގުރީރު ކުރައްވަމުން ޒެލެންސްކީ ބުރާސްފަތި ދުވަހު ވިދާޅުވީ ޔޫކްރެއިންއަށް ރަޝިޔާ އިން އަރައިގަތްތާ ދެވަނަ އަހަރަށް ދާއިރު، ރަޝިއާ ހިފެހެއްޓުމަށް ފިޔަވަޅު އެޅުމަކީ އީޔޫގެ މައްޗަށް އޮތް ކަމެއް ކަމަށެވެ. އަދި ކިއެވް އަށް އެއް މިލިއަން އާޓިލަރީ ފޮނުވުމަށް އީޔޫއިން ދާދި ފަހުން ނިންމި ޕްލޭނަށް މަރުހަބާ ވިދާޅުވި ނަމަވެސް، ރަޝިއާ ސިފައިން ފަހަތަށް ޖެއްސުމުގައި ހަނގުރާމަމަތީ މަތިންދާ ބޯޓުތަކާއި މިސައިލްތަކަށް އޭނާ ކުރެއްވި ޑިމާންޑްތައް އޭނާ ވަނީ ދަމަހައްޓާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!