Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހިތަދޫގައި އަލަށް އިމާރާތްކުރި މަސްޖިދުލް ވާލިދައިން ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި މަސްޖިދުލް ވާލިދައިން ހުޅުވައިފި

އައްޑޫ ސިޓީގެ ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް މަސްޖިދުލް ވާލިދައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ހުޅުވައިދެއްވައިފިއެވެ.

މި މިސްކިތް ހުޅުވައިދެއްވަމުން ނައިބު ރައީސް ވަނީ ދީނީ އަޅުކަންތަކަށް ސަމާލުކަން ދިނުމަށާއި އަދި މިސްކިތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކޮށްފައެވެ.

ހެޔޮއެދޭފަރާތަކުން ބިނާކޮށްފައިވާ މި މިސްކިތަކީ މުންނާރާއި ގުއްބު ހިމެނޭގޮތަށް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށްފައިވާ މިސްކިތެކެވެ. އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދުކުރޭނެ އިންތިޒާމު ހަމަޖެހިފައިވާ މި މިސްކިތަކީ 250 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

Advertisement
Ooredoo — Truecaller (box)

މިސްކިތް ހުޅުވައިދެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ އިސްވެރިންނާއި ބައްދަލުކުރައްވައި އެކަޑަމީގެ މަސައްކަތްތައްތައް ކުރިޔަށްދާގޮތް އޮޅުންފިލުއްވައިފައެވެ. އެގޮތުން އިންސްޓަރކްޓަރުން ލިބުމުގައި ކުރިމަތިވާ ދަތިތައްމޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ އިސްވެރިން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެއް ދުވަހުގެ ރަސްމީ ދަތުރުފުަޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް