Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރޯދަ އިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ރޯދަ އިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ރޯދަ އެލަވަންސް ނުލިބޭނަމަ އެކަމުގެ ޝަކުވާ ހުށަހަޅަން ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޭ) އިން ހުޅުވާލައިފިއެވެ.

އެލްއާރްއޭއިން މިއަދުކުރި ޓުވީޓެއްގައި ބުނީ ގާނޫނާ އެއްގޮތަށް ރޯދަ އެލަވަންސް ނުލިބޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅަން ވާނީ މި <a href="https://lra.gov.mv/dv/complaint-form/">ލިންކު</a> މެދުވެރިކޮށް ކަމަށް އެލްއާރްއޭއިން ބުންޏެވެ.

ވަޒީފާ އަދާކުރާ  ކޮންމެ ރައްޔިތަކަށް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ ދިނުމަކީ ވަޒީފާއާ ބެހޭ ޤާނޫނުގައި ލާޒިމުކޮށްފައިވާ ކަމެކެވެ.

Advertisement
HDC — Sidebar (box)

ފިނޭންސް މިނިސްޓްރީން ނެރުނު މާލިއްޔަތާ ބެހޭ ސަރކިއުލާގައި މިއަހަރުގެ ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދޭން އަންގާފައިވަނީ މިމަހުގެ 19ވަނަދުވަހުއެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުންކަމަށެވެ.

އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތް ނުދިނުމަށް އަންގާކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ސާރކިއުލަރގައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް