ބޮލީވުޑް މުނިފޫހިފިލުވުން

ބޮލީވުޑާއި ދުރަށް ދިޔަ ސަބަބު ފުރަތަމަ ފަހަރަށް ޕްރިޔަންކާ ކިޔައިދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޮލީވުޑާ ދުރުގައި އެމެރިކާގައި މަސައްކަތް ކުރަން ފެށި ހަގީގީ ސަބަބު ޕްރިޔަންކާ ޗޯޕްޅާ ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ.

Ads by MWSC

އެމެރިކާގައި އޭނާގެ ކެރިއަރަށް ފުރުސަތެއް ދޭން ނިންމިއިރު ޕްރިޔަންކާ އަކީ ބޮލީވުޑްގެ އެންމެ ބޮޑު ތަރިންގެ ތެރޭގައި ކުރިން ވެސް ހިމެނުނު ތަރިއެކެވެ. ބޮލީވުޑުން ލިބެމުން ދިޔަ މަސައްކަތުން އެންމެ އުފާނުވި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާގެ ޕޮޑްކާސްޓް އާމްޗެއާ އެކްސްޕާޓްގައި ޑެކްސް ޝެފަޑްއާ ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ ފުރަތަމަ ފަހަރަށް އެމެރިކާގައި ވަޒީފާ ހޯދަން ޖެހުނު ހަގީގީ ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކާނީ އެވާހަކަ ދެއްކުމުން އޭނާއަށް ރައްކާތެރިކަން ލިބޭނެކަން އިހުސާސްވާ ދުވަހަކުން ކަމަށް ބުނެފައެވެ.

އެމެރިކާގައި މިއުޒިކު ކެރިއަރު ފެށުނުގޮތާއި ބެހޭގޮތުން އޭނާ ބުނީ އޭނާ ބުނި ގޮތުގައި ދޭސީ ހިޓްސްގެ އަންޖުލާ އަޗާރިއާއަށް މިއުޒިކް ވީޑިއޯއަކުން އޭނާ ފެނުމުން އެވީޑިއޯ ކަމުގޮސްގެން އެމެރިކާގައި މަސައްކަތް ކުރަން ބޭނުންތޯ އެހި ކަމަށެވެ. އޭނާ ބުނިގޮތުގައި ބޮލީވުޑުން އޭނާ އެއްފަރާތްވަމުން ދިޔަ ކަމުގެ އިހުސާސްވެ އޭރު އޭނާ ހުރީ ބޮލީވުޑާއި ދުރަށް ދާން ބޭނުންވެފައެވެ. އެހެންކަމުން ހޮލީވުޑަށް ދާން ލިބުނު ފުރުސަތުގެ ބޭނުން އޭނާ ކުރީއެވެ.

ޕްރިޔަންކާއާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް އަކީ ހޮލީވުޑުގައި ނަން ހިނގާ ދެތަރިންނެވެ.

Ads by Ooredoo
  1. އަހުމަދު

    ކޮބާ ސަބަބަކީ ؟

  2. ށސަމް

    ލިޔުންތެރިޔާ އަށް ސަލާމް……

  3. ޙެހެ

    ޙަބަރު ވ ފުރިހަމަ