Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ޝިފާޒް ވަކިކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ޝިފާޒު އެ މަޤާމުން ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކުރައްވައިފައިވަނީ މިއަދުއެވެ.

ޝިފާޒަކީ އެމްޑީޕީގެ ނައިބު ރައީސް ވެސް މެއެވެ. ޝިފާޒް ގެންދަވަނީ ސަރުކާރާ ދެކޮޅަށް ރައީސް ނަޝީދު ފައްޓަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" ކެންޕެއިންގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ. ޝިފާޒަކީ ރައީސް ނަޝީދާ ވަރަށް އަރިސް ބޭފުޅެކެވެ.

Advertisement
Allied Insurance — Square (box)

 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކެބިނެޓުގެ ބޭރުން ސިޔާސީ މަގާމަކަށް އެންމެ ފުރަތަމަ އައްޔަނުކުރި ބޭފުޅުންގެ ތެރޭގައި ޝިފާޒް ހިމެނެއެވެ.

ޝިފާޒުގެ އިތުރުން ރައީސް ނަޝީދާއެކު މަސައްކަތް ކުރައްވާ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުޙައްމަދު ރަޝާދު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް