ކޮވިޑުން ރަނގަޅުވުމުން އަމީތާބު ގޯތިތެރޭގައި އިންދީ ކުރީގެ ރީތި ގަހެއް
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަން ކޮވިޑުން ރަނގަޅުވުމަށްފަހު އޭނާގެ ގޭގެ ބަގީޗާގައި ރީތި ގަހެއް އިންދައިފިއެވެ. މި ގަހަކީ މީގެ ކުރިން ވެސް އޭނާ ހައްދާފައިވާ ގަހެކެެވެ.
މިގަސް ވަނީ މުންބާއިއަށް ކުރި ގަދަ ވިއްސާރައިގައި ހަލާކު ވެފައިކަމަށް މީޑިއާތަކުން ބުނެއެވެ. އުމުރުން 77 އަހަރުގެ އެކްޓަރު އަމީތާބް ވަނީ މި ގަސް އިންދި ފޮޓޯ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.
އަމީތާބު ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ މިކަހަލަ ގަހެއް އިންދާފައިވަނީ 1976 ގައެވެ. އަމީތާބުގެ ގެ "ޕްރަތީކްޝާ" ގައި އެއިރު އެގަސް އިންދީ އޭނާގެ މަންމަ ތޭޖީ ބަޗަންގެ ހަނދާނުގައެވެ.
ނަމަވެސް މުމްބާއި އަށް އެއިރު ކުރި ގަދަ ވިއްސާރައެއްގައި ވަނީ އެގަސް ލުހިގެން ގޮސްފައެވެ.
ދާދި ފަހުން ކޮވިޑް-19 އަށް ފައްސިވެ، އެބަލިން ރަނގަޅުވި އަމީތާބު މިގަސް އިންދާފައިވަނީ އިތުރު ތިން މީހެއްގެ އެހީތެރިކަމާއެކުގައެވެ. އަދި އޭނާވަނީ ކޮވިޑުން ރައްކާތެރިވުމަށް ބަލަންޖެހޭ ކަންކަމަށް ވެސް އިސްކަން ދީފައެވެ.