މެދުއިރުމަތި ދުނިޔެ

ފަލަސްތީނުގެ ފުޓުބޯޅަ ދަނޑަކަށް އިސްރާއިލުން ހައްދެއްނެތި ވިހަގޭސް އަޅައިފި، އެތައްބަޔަކު ނޭވާ ހާސްވެގެން ތެޅެނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފަލަސްތީނުގެ ފައިސަލް ހުސައިނީ ފުޓުބޯޅަ ސްޓޭޑިއަމްގައި ފައިނަލް މެޗެއް ކުޅެމުން ދަނިކޮށް ހައްދުފަހަނަ އަޅާފައިވާ އިސްރާއިލުގެ ސިފައިން އެ ސްޓޭޑިއަމަށް ވިހަ ގޭސްތަކެއް އަޅައިފިއެވެ.

Ads by Sosun Fihaara

ޝޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަގޮތުން ހައްދެއް ނެތި އިސްރާއީލުން ސްޓޭޑިއަމަށް އަޅާލި ވިހަ ގޭސްތަކާއެކު ކުޅުންތެރިންނާއި މެޗު ބަލަން ގޮސްތިބި މީހުން ނޭވާ ހާސްވެގެން ނޭވާ ނުލެވިގެން އުޅެއެވެ.

ބަރަކާތްތެރި ރަމަޟާން މަހުގައިވެސް ހައްދު ފަހަނައަޅާފައިވާ އިސްރާއިލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާއި ދެކޮޅަށް ލާއިންސާނީ އެތައް ޖަރީމާތަކެއް ދަނީ ހިނގަމުންނެވެ. މިގޮތުން ފަލަސްތީނުގެ ސުކޫލު ދަރިވަރުންނަށް ބިރުދައްކައި އެކުދިންނާއި އެކުދިންގެ ދަބަސްތައް ޗެކްކުރުމާއި އެކިއެކި ތުހުމަތުތައްކޮށް ފަލަސްތީނުގެ ޒުވާނުންނަށް އަނިޔާކުރާނެ އެކި ބަހަނާތައް އިސްރާއީލު ސިފައިން ގެންދަނީ ދައްކަމުންކަމަށް ތައިމްސް އޮފް ޣައްޒާގައި ވަނީ ބުނެފައެވެ.

އަދި ހަމައެހެންމެ އިސްރާއީލް ސިފައިން ގެންދަނީ ފަލަސްތީނުގެ ނަބްލުސްގެ ގޭގެއަށް ވަދެގަނެ ޒުވާނުންނާއި އަންހެނުންނަށް އަނިޔާކޮށް ހައްޔަރުކުރަމުންނެވެ. މީގެ އިތުރުން ފަލަސްތީނުގެ އާއްމު ރައްޔިތުންގެ މުދަލަށް ގެއްލުން ދެމުންނެވެ.

Ads by Ooredoo
  1. ޖަމާލުދީން ކެޑޭޓް ޖުނިއާ

    ފުރީ ފަލަސްތީން