މެމްބަރު ޔައުޤޫބްގެ މަންމަ ނިޔާވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲގެ މަންމަ ނިޔާވެއްޖެއެވެ.
ޔަޢުޤޫބްގެ މަންމަ ފާޠިމަތު ސަކީނާ (ކަކާގެ/ގއ.ދާންދޫ) ގެ މައްޗައް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. ސަކީނާ ނިޔާވި އިރު އުމުރުން 77 އަހަރެވެ.
ޔަޢުޤޫބްގެ މަންމަ ނިޔާވުމާއި ގުޅިގެން އެމްޑީޕީން މިއަދު ކުރި ޓްވީޓެއްގައިވަނީ، އެ ހިތާމައިގައި އެ ޕާޓީން ބައިވެރިވާކަމަށާއި މަރްހޫމާގެ ފުރާނައަށް ރަހުމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދޭކަމަށް ބުނެފައެވެ.
މެމްބަރު ޔަޢުޤޫބްގެ މަންމަ ނިޔާވި އިރު ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މާމަވެސް އިއްޔެވަނީ ނިޔާވެފައެވެ.