އިސްރާއިލުން އަގްސާ މިސްކިތުގައި ހިންގަމުންދާ ހަމަނުޖެހުން: ފަލަސްތީނުގެ 400 އަށްވުރެ ގިނަ ރައްޔިތުން ހައްޔަރުކޮށްފި
ހައްދު ފަހަނައަޅާފައިވާ އިސްރާއީލު ސިފައިން ރެއިން ފެށިން ހުއްޓުމެއް ނެތި އަގްސާ މިސްކިތުގައި ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އާއްމުން ހައްޔަރު ކުރަން ފަށައިފިއެވެ.
ފަލަސްތީނުގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމުގައިވާ ޣައްޒާ ޓައިމްސްގައި ބުނެފައިވާގޮތުން އިސްރާއީލުގެ ސިފައިން ރެއިން ސުރެ މިހާތަނަށް އަޤްސާ މިސްކިތުން ވަނީ ފަލަސްތީނުގެ 400 އަށްވުރެ ގިނަ އާއްމު ރައްޔިތުން ހައްޔަރުކޮށްފައެވެ.
އިސްރާއިލު ސިފައިން ރޭ ވަނީ ހަތިޔާރާއެކު އަޤްސާ މިސްކިތްތެރެއަށް ވަދެ ގަނެ މިސްކިތުގައި ތިބި އާއްމު ރައްޔިތުންނަށް ބަޑިންނާއި މުގުރުން އަނިޔާކޮށް އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ދީފައެވެ. އަދި މިސްކިތުގެ ތެރޭގައި ހުންނަ ކުލިނިކަކަށާއި މިސްކިތުގެ އެތައް މިތަނަށް ވަނީ ގެއްލުން ދީފައެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހު އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން އަންނަ ދުއްތުރާތަކާއި ފުރައްސާރަތައް އިތުރުކުރެއެވެ. މީގެ ކުރިންވެސް ރޯދަމަހާއި ދިމާކޮށް ތަކުރާރުކޮށް އިސްރާއީލުން ވަނީ ފަލަސްތީނަށް ހަމަލާދީ ގިނަ ޤަތުލްއާއްމުތަކެއް ހިންގައި، ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގައިފައެވެ.