ބޮޑުތަފާތަކުން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓުމާއެކު ބާސެލޯނާގެ ކޯޗު ސެޓިއަން މަގާމުން ވަކި ކޮށްފި

ބޮޑުތަފާތަކުން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓުމާއެކު ބާސެލޯނާގެ ކޯޗު ސެޓިއަން މަގާމުން ވަކި ކޮށްފި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން އަތުން ބާސެލޯނާ ވަނީ 8-2ގެ ބޮޑު ތަފާތަކުން ބަލިވެފަައެވެ. މި މެޗުގައި ބާސެލޯނާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އެންމެ އެދެވޭ ކުޅުމެއް ނޫނެވެ.
ބާސެލޯނާގެ ކޯޗުކަމުން ސެޓިއަން ވަކިކޮށްފައިވާ ކަމަށް ބޭރުގެ ގިނަ މީޑިއާ ތަކަކުން ރިޕޯޓް ކޮށްފައިވާއިރު ބާސެލޯނާއިން ރަސްމީކޮށް މިކަން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.